މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް މީހެއް ފެނިއްޖެ

މާލޭގެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުފައި އެ މީހާ ވެއްޓިފައި އޮތީ މާލެ ނޯތު ހާބަރު ކުރިމަތީ ހުންނަ ފިހާރަތައް ކައިރިއަށެވެ.
އޭނާ ވެއްޓިފައި ވަނީ ދުފާލައިގެން ދަނިކޮށް އެނބުރައިގަނެގެން ކަމަށް ވެއެވެ. އަދި ފުލުހުން އައި އިރު، އެމީހާ އިނީ އިށީނދެގެން ކަމަށް ވެސް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.
އޭނާ އަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހާއާ ހަވާލާދީ ވަގުތު ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
ފުލުހުން ބުނީ ހެނދުނު 9:30 ހާއިރު، މާލޭގެ މަގުމައްޗަށް މީހަކު ވެއްޓިފައި އޮވެގެން ފުލުހުން ހަރަކާތްތެރިވެފައިވާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.