ދުނިޔެ

ޗައިނާގައި ވެއްޓުނު އިމާރާތުގައި ދަށުވި ފަސް މީހުން ސަލާމަތްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ މެދުތެރޭގެ ޕްރަވިންސެއްގައި ހުކުރު ދުވަހު ވެއްޓުނު އިމާރާތުގައި ދަށުވި މީހުންގެ ތެރެއިން ފަސް މީހަކު ދިރިތިއްބާ ސަލާމަތްކޮށްފިއެވެ.

Ads by Sosun Fihaara

ހޮޓަލަކާއި އެޕާޓްމަންޓްތަކާއި ސިނަމާއެއް ހުންނަ ހަ ބުރީގެ މި އިމާރާތް ވެއްޓިފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ހުނާން ޕްރޮވިންސްގެ ޗަންގްޝާ ސިޓީގައި ހުރި އެ އިމާރާތް ވެއްޓުނުއިރު 23 މީހުން އިމާރާތުގެ ތެރޭގައި ތިބި ކަމަށްވެއެވެ. އަދި އިތުރު 39 މީހުން އިމާރާތުގެ ކައިރީގައި ތިބި ކަމަށް ނޫސް ރިޕޯޓްތައް ބުނެއެވެ.

"ގެއްލުނު މީހުންގެ ހާލަތު އިތުރަށް ދިރާސާ ކުރަމުން ދަނީ،" އެ ޕްރޮވިންސްގެ މޭޔަރު ޒެންގް ޖިއާންސިން ވިދާޅުވިއެވެ.

ސަލާމަތްކުރި ފަސް މީހުންގެ ހާލު ސްޓޭބަލްކަމަށް ކަމާބެހޭ ފަރާތްތަކުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ ވިދާޅުވެފައެވެ.

އިމާރާތްވެއްޓުމުގެ ހާދިސާތަކަކީ ޗައިނާގައި އާއްމު ކަމެކެވެ. ގިނަ ފަހަރަށް މިފަދަ ކަންކަން ދިމާވަނީ އިމާރާތްކުރުމުގެ ކޮލިޓީ ސްޓޭންޑަޑްތައް ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އޮފިޝަލުންގެ މެދުގައި، ސަލާމަތީ މިންގަނޑުތައް ބަލިކަށިވުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކަމަށް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

މިދިޔަ ޖެނުއަރީ މަހު ވެސް ގޭސް ލީކުވި ކަމަށް ޝައްކު ކުރެވޭ ގޮވުމެއްގެ ސަބަބުން ޗޮންގްކިންގް ސިޓީގެ އިމާރާތެއް ވެއްޓި، އެ އިމާރާތުގައި ދަށުވި އަށް މީހަކު ވަނީ މަރުވެފައެވެ.

2021 ވަނަ އަހަރުގެ ޖޫން މަހު ޝިޔާން ސިޓީގައި މީހުން ދިރިއުޅޭ ކޮމްޕައުންޑެއްގައި ގޭސް ހޮޅިއެއް ގޮވައި 25 މީހެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

މި އިމާރާތުގެ ކުއްޔަށް ހިފައިފައިވާ ފަރާތްތަކުން އެ އިމާރާތަށް ސްޓްރަކްޗަރަލް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޕްރިލިމިނަރީ ތަހުގީގުތަކުން ދެއްކި ނަމަވެސް، އެ ކާރިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!