އެޑްވަޓޯރިއަލް ވިޔަފާރި

ޢީދު ދުވަހުގެ މުނާސަބަތުގައި އުރީދޫ އާޗާ ޕްރިޕެއިޑް އަދި ކްލަޕް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްސަ އޮފަރއެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށް ޓަކައި އުރީދޫން ޙާއްޞަ އޮފަރއެއް މިއަދު ތައާރަފްކޮށްފިއެވެެ.

Ads by Hajj Corporation

މި އޮފަރގެ ދަށުން ޢީދު ޗުއްޓީ ތެރޭގައި ދުވާލަކު 1ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް 150ރ ޕެކް ބައްލަވައިގަތުމުން 7 ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2ޖީބީ، މުޅިއަކު ދުވާލަކު 3ޖީބީ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.

މި އޮފަރ ތައާރަފް ކުރެވިފައި ވަނީ ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށްލައި ޢީދުގެ އުފަލާ މަޖާ ހިއްސާކޮށްލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. މި ޑޭޓާ ޕެކް އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އުރީދޫގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫ ޓީމްގެ ފަރާތުން ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ވެސް ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.

“ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން" ނޫރާ ވިދާޅުވިއެވެ.

އާޗާ ޕްރިޕެއިޑް ބޯނަސް އޮފަރގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ވެސް ވަނީ ޚާއްޞަ އޮފަރއެއް ތައާރަފްކޮށްފައެވެ. ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޢީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއަރ ޕާޓްނަރުންކަމުގައިވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން %10 ޑިސްކައުންޓް ލިބިގެންދާނެއެވެ.

އުރީދޫން ވަނީ ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރިސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!