އިންޑިއާއިން ލަންކާއަށް 200 މިލިޔަން ޑޮލަރުގެ އިތުރު ކްރެޑިޓް ލައިނެއްދީފި
ލަންކާގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށާއި އެ ޤައުމަށް ބޭނުންވާ ތެޔޮ ގަތުމަށް، އިންޑިއާއިން ލައްކާއަށް 200 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީފިއެވެ.
މިކަން ހާމަކޮށް، ލަންކާގެ އެނާޖީ މިނިސްޓަރު ވިދާޅުވީ، ތެޔޮ ގަތުމަށް އިންޑިއާއިން 200 މިލިޔަންގެ ކްރެޑިޓް ލައިނެއް ހަމަޖެހިފައިވާ ކަމަށާއި އިތުރު 500 މިލިޔަން ޑޮލަރުގެ ކްރެޓިކް ލައިނެއް ހަމަޖައިސައިދިނުމަށް މިހާރު ދިއްލީއާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިޖެސޭކަރަ ވިދާޅުވީ، މިއަހަރުގެ ކުރީކޮޅު އިންޑިއާއިން އިތުރުކުރި 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ސްރީލަންކާއިން 400 މިލިއަން ޑޮލަރު، އޭޕްރީލް މަހު އެކި ޝިޕްމަންޓްތަކުގައި ބޭނުންކޮށްފައިވާ ކަމަށެވެ. ބާކީ ހުރި ފައިސާއިން ތެލުގެ ދެ ޝިޕްމަންޓަކަށް މެއި މަހު ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޑިއާގެ ކްރެޑިޓް ލައިނަށް 200 މިލިއަން ޑޮލަރު ދާދިފަހުން އިތުރުކޮށްދީފައި ވޭ، މެއި މަހު ތެލުގެ ހަތަރު ޝިޕްމަންޓަކަށް މި ބޭނުން ކުރެވޭނެ. އިންޑިއާއާ އެކު އިތުރު 500 މިލިއަން ޑޮލަރުގެ މަޝްވަރާތައް ކުރިއަށް އެބަދޭ، އެހެންވެ ޖުމްލަ ކްރެޑިޓް ލައިން 1.2 ބިލިއަން ޑޮލަރަށް އަރާނެ،" ވިޖެސެކަރާ ވިދާޅުވިއެވެ.
ޓެކްސްއަށް ދިން ލުޔާއި މި ނޫން ވެސް ގިނަ ސަބަބުތަކާ ގުޅިގެން ލަންކާގެ އިޤްތިޞާދު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. ބޭރު ފައިސާގެ ރިޒާވް ދަށްވެ، އެ ޤައުމުގެ އިންފްލޭޝަން ވަނީ އަތްނުފޯރާ ފަށަށް ގޮސްފައެވެ.