ޚަބަރު

ހުޅުމާލެ ފަރަށް ލިބުނު ގެއްލުމަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން
އޯޝަން ސާވެއާ ބޯޓު | ފޮޓޯ: މިހާރު

ހުޅުމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

Ads by Hajj Corporation

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ހުޅުމާލޭގެ އިރުމަތީފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް އެ އުޅަނދުގައި ބޭނުންކުރަމުން އައި ހައިޕެޕް ސިސްޓަމްގެ ޔޫއެސްބީއެލް ޕޯލްއާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު އެ ފަރުގައި ޖެހިފައިވާކަން އެ ފަރާތުން އެ އެޖެންސީއަށް އަންގައިފައިވާ ކަމަށެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާ ގުޅިގެން އެ އެޖެންސީން މިދިޔަ މަހުގެ 13ވަނަ ދުވަހު އެ ސަރަޙައްދަށް ފީނައިގެން ކުރި ސަރވޭގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

ފަރަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ހަދައިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން ވަނީ 198،112.73 ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައެވެ.

އީޕީއޭއިން ވިދާޅުވީ އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް މިދިޔަ އަންގާރަދުވަހު އަންގައިފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!