ދުނިޔެ

އަފްޣާނިސްތާނުގައި މޫނު ބުރުގާ އަޅަން މަޖުބޫރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަފްޣާނިސްތާނުގައި އަންހެނުން މޫނު ބުރުގާ އަޅަން މަޖުބޫރުކޮށްފިއެވެ.
އަފްޣާނިސްތާނުގެ ސުޕްރީމް ލީޑަރު އަދި ތާލިބާން ޖަމާއަތުގެ ވެރިޔާ ހިބަތުالله އަޚުންދްޒާދާ ވަނީ އަންހެނުން އާންމު ތަންތަނުގައި އުޅޭއިރު އަމަލުކުރަންޖެހޭ އުސޫލުތަކެއް މިއަދު އިއުލާންކޮށްފައެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުން ނެރުނު ޤަރާރެއްގައި ބުނެފައި ވަނީ އެ ޤައުމުގެ އަންހެނުން ޢާއްމު ތަންތަނަށް ދާންވާނީ މޫނު ބުރުގާ އަޅައިގެންކަމަށާއި އެންމެ ބޮޑަށް އެދެވިގެން ވަނީ އެ ޤައުމުގެ ޘަޤާފީ ނޫކުލައިގެ މޫނު ބުރުގާ އެޅުންކަމަށެވެ.

މިއީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ޠާލިބާނުން އައުމަށް ފަހު އަންހެނުން މޫނު ބުރުގާ އަޅަން މަޖުބޫރުކޮށް ޤަރާރެއް ނެރުނު ފުރަތަމަ ފަހަރެވެ.

އަފްޣާނިސްތާނުގެ ގިނަ އަންހެނުން މިހާރު ވެސް ބުރުގާ އަޅައިގެން އުޅޭ އިރު ބައެއް އަންހެނުން ހާއްސަކޮށް ރަށްފުށު ހިސާބުތަކުގައި އުޅެނީ ހަމައެކަނި ބޮލުގެ އިސްތަށިގަނޑުގައި އާދައިގެ ފޭރާމެއް އަޅައިގެންނެވެ.

Ads by Allied Insurance
  1. ަޝައްމު

    މިއީ ވަރަށް ރަނގަޅު އަދި މާތް ނިންމުމެކެވެ. ނޫކުލައޭ ބުނީ އެއީ ސަގާފަތް ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. ހަމަޔަގީނުންވެސް މިނިންމުމުގެ ސަބަބުން ރޭޕްކުރުން ފަދަ ޝަހުވާނީ އެދުމުގެ ސަބަބުން ނުކުންނަ މައްސަލަތައް މަދުވާނެއެވެ.

  2. މުސްލިމް

    ސަގާފީ ކަމެއް ދެއްތޯ… ސައޫދީގަ ސަގާފީކަމެއް ބޮލު ފޮތިގަނޑު އެޅުމަކި. ނަަމަވެސް އަފްގާން ވީމާ ތިވެސް ހައްދުފަހަނަ އެޅުމޭކިޔައި އިސްލާމީ ވަސްފިލުވަން މީހުންތަކެއް މަސައްކަތް ކުރާނެކަން ޔަގީން.