ދުނިޔެ

ރާޖަޕަކްސަ ވަގުތުން ހައްޔަރުކޮށް ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ޝްރީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ ބޮޑު ވަޒީރު ކަމުން އިއްޔެ އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސާ ވަގުތުން ހައްޔަރު ކުރުމަށާއި އޭނާއާ މެދު ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވައިލައިފިއެވެ.

Ads by Sosun Fihaara

ލަންކާގެ ކުރީގެ ބޮޑުވަޒީރު ހައްޔަރު ކުރުމަށް ގޮވައިލައިފައި ވަނީ ކޮލޮމްބޯގެ ގޯލް ފޭސްގައި ހިނގި ބޮޑު ހަމަނުޖެހުންތަކުގެ ފަހަތުގައި ހުރީ ރާޖަޕަކްސާކަމަށް ތުހުމަތު ކޮށްފައެވެ.

އެގޮތުން ޝްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ޓެމިލް ނޭޝަނަލް އެލަޔަންސް ތަމްސީލް ކުރައްވާ މެމްބަރެއް ކަމަށްވާ އެމް.އޭ ސުމަންތިރަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވި ރާޖަޕަކްސާއާއި ގޯލް ފޭސްގައި ސުލްހަވެރި މުޒާހަރާގައި ތިބި މީހުންނަށް ހަމަލާ ދިނުމަށް ކޮޅުނބަށް މީހުން އެއްކުރި ހުރިހައި އެންމެން ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި "ގޯޓާގޯގާމާ" (ގޯޓާބޭ ރަށަށް ދޭ)ގެ ޝިއާރުގެ ދަށުން ގޯލް ފޭސްގައި މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއަށް، ވެރިކަން ކުރާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރުން ވަދެ ހަމަނުޖެހުން ހިންގަން ފެށީ، މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރުމަށް ފަހު އެ ތަނަށް ގޮހެވެ. ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތައް ހިނގައި، "ގޯޓާގޯގާމާ"ގެ ބައިވެރިން އެންމެ ފަހުން ސަރުކާރުގެ ތަންތަނަށް ގެއްލުން ދޭން ފެށި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!