ކޮވިޑް ޖެހިފައިވާ އެއް މަހުގެ ކުއްޖަކު ހުންގަދަވެގެން އެޑްމިޓްކޮށްފި

ކޮވިޑް-19 ޖެހިފައިވާ އެއް މަހުގެ ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވީ ކޮވިޑަށް ފައްސި ވެފައިވާ އެއް މަހުގެ ކުއްޖަކު އެޑްމިޓް ކުރަން ޖެހުނީ ހުން ގަދަ ވުމުގެ އިތުރުން ޑީހައިޑްރޭޓް ވުމުގެ ސަބަބުން ކަމަށެވެ. އަދި ގާތުން ދިނުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް ގިނަވަމުންދާއިރު، މީގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން 129 މީހަކު މި ބައްޔަށް ފައްސި ވެފައިވާއިރު އޭގެތެރެއިން 93 މީހުންނަކީ ދިވެހިންނެވެ.