ޚަބަރު

ޕައިލެޓްކަން ކިޔަވަން ލޯނަށް ހުޅުވައިލި 10 ފުރުސަތަށް 250 ދަރިވަރުން ކުރިމަތިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ/ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

މަތީ ތައުލީމަށް ހުޅުވާލި ލޯނުގައި ޕައިލެޓްކަން ކިޔެވުމަށް ޚާއްސަ ކުރި 10 ފުރުސަތަށް 250އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތި ލައިފިއެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހު ވަނީ އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ހުޅުވައިލި 720 ފުރުސަތަށް 1،000 ދަރިވަރުން ކުރިމަތި ލައިފައިވާ ކަމަށެވެ. ނަމަވެސް ލޯނު ލިބިފައި ވަނީ 393 ދަރިވަރުންނަށްކަން ފާހަގަ ކުރެއްވިއެވެ.

ޑރ. ހަސަން ވިދާޅުވީ، ލޯނު ދެނީ ރާއްޖެއަށް ބޭނުންވާ ހުރިހައި ދާއިރާއަކުން ކިޔެވުމަށް ކަމަށާއި މިހެންކަމުން އެއް ދާއިރާއަކުން ގިނަ ލޯނު ނުދޭން ނިންމައިފައިވާ ކަމަށެވެ.

މިފަހަރު ލޯނަށް ހުޅުވައިލިއިރު، ރާއްޖެއިން ބޭރުން ޕައިލެޓްކަން ކިޔަވަން ކަނޑައެޅި 10 ޖާގައަށް 252 ދަރިވަރުން އަދި އެމްބީބީއެސް (ޑޮކްޓަރުކަން) ކިޔަވަން ހުސްކުރި 25 ޖާގައަށް 129 ދަރިވަރުން ވަނީ ކުރިމަތި ލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!