ޚަބަރު ސިޔާސީ

ފަޔާގެ ފުރަތަމަ ފެނިލުން ރައީސް ނަޝީދާ އެކު، ރީކޯ މޫސާގެ ފާޑުކިޔުން ފަޔާއަށް!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އެމް.ޑީ.ޕީގެ ފޯރިގަދަ ޗެއަރޕަސަން އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް، ޕާޓީގެ ސެކްރެޓްރިއޭޓުގައި ފުރަތަމަ ފެނިލުން ރައީސް ނަޝީދާ އެކު ފެނިލުމުން އެމް.ޑީ.ޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސާ) އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރީކޯ މޫސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފެނިގެން އެ ދިޔައީ ނަޝީދު ވިދާޅުވާ 'ހަ ކުޅި ކުރިއަށް ކުޅުއްވުން' ކަމަށެވެ.

މީގެ އިތުރުން އޭނާ ހީފުޅުކުރެއްވީ ފަޔާގެ ފުރަތަމަ ފެނިލުން ފެނިގެން ދާނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހާ އެކީ ކަމަށް ވެސް އެ ޓުވީޓުގައި މޫސަ ވިދާޅުވެފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ތާޢިދާއެކު ޗެއާޕާސަން ކަމަށް ކުރިމަތިލެއްވި މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ ބަލިކުރައްވައި އެ މަޤާމަށް އިންތިހާބުވެލެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ މިއަދު އެމް.ޑީ.ޕީގެ ސެކްރެޓްރިއޭޓުގައި އެ ޕާޓީގެ ރައީސް ރައީސް ނަޝީދާއި ބައްދަލު ކުރައްވައިފައެވެ.

އަދި މިއަދަކީ މިނިސްޓަރ ފައްޔާޒުގެ އުފަން ދުވަހަށްވުމާ އެކު ބައްދަލުވުމުގެ ތެރެއިން އުފަންދުވަހުގެ ކޭކެއް ވެސް ފަޅުއްވައިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދާއި ފައްޔާޒަކީ މީގެ ކުރިން އެތައް ކަމެއްގައި ދެބަސްވެފައިވާ ދެ ބޭފުޅުންނެވެ. މިގޮތުން ރައީސް ނަޝީދު އިސްކޮށް ހުންނަވައި ފައްޔާޒް މަޤާމުން ދުރުކުރުގެ މަސައްކަތް މަޖިލިސް ތެރެއިން ކުރެވިގެން ދިޔައެވެ. އަދި ފައްޔާޒު އުޅުއްވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި އަދީބު އުޅުއްވި ގޮތަށް ބްރޯ ހެދިގެން ކަމަށް ވެސް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. ފައްޔާޒް ވެސް ވަނީ ފަހަކަށް އައިސް ރައީސް ނަޝީދަށް އަމާޒުކޮށް ނުސީދާ ހަމަލާތަކެއް ދީފައެވެ. މިގޮތުން އެމްޑީޕީގެ ޤައުމީ ޖަލްސާއެއްގައި ރައީސް ނަޝީދަށް އަމާޒުކޮށް އަސްލު ބްރޯއަކީ ކާކުކަން އެންމެންނަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.

ޗެއަރޕާސަންގެ އިންތިޚާބަށް ފަހު އެމްޑީޕީ ބައިބައިވާނެ ކަމަށް ބައެއް ފަރާތްތަކުން ދުއް ނަމަވެސް، ވާދަވެރި ކެނޑިޑޭޓް އިންތި ވެސް ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލު ކުރައްވައި ޕާޓީއާ އެކު ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by HDC
  1. އަބުއްﷲރަޝީދު

    އަޅުގަޑުމެންއުފާވަނީ ބަސްއަހާރީތިކޮއްއުޅޭތަން
    ފެނުން އެދެނީވެސްއެގޮތް ހިންދާނުލާ
    ހިންގާލުމަށް ގޮވާލަންބާރަށްބާރަށްކުރިއަށް
    ޝުކުރިއްޔާ!

  2. އަފިފާ

    ަ މުސަާ މަނިކަު އައ ނެގެޭތ ަރައިސްގައުމުގަނުުލުއް ވަާ ކަމެއްވެސްއެރުު