ޚަބަރު

މިއީ މިނިވަން މުއައްސަސާތަކަށް އަތް ބާނާ، މުޑުދާރު ސަރުކާރެއް: ރައީސް ޔާމީން

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މިހާރުގެ ސަރުކާރަކީ މިނިވަން މުއައްސަސާތަކަށް އަތް ބާނާ، 'މުޑުދާރު' ސަރުކާރެއްކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

'އަދަދު' ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަކީ އެ މަނިކުފާނުގެ ސަރުކާރަށް ވުރެ މާ ބޮޑަށް މަރުކަޒީ ސަރުކާރެއް ކަމަށާއި ދަޢުލަތުގެ ހުރިހާ މުއައްސަސާތަކަކަށް މި ސަރުކާރުން އަތްބާނަމުން ގެންދާކަމަށެވެ.

އިންޓަރވިއުގައި ރައީސް ޔާމީން އިތުރަށް ވިދާާޅުވީ، ޤާނޫނު އަސާސީން މިނިވަން މުއައްސަސާތަކުގެ ގޮތުގައި ކަނޑައަޅައިފައި ހުރި އެއްވެސް މުއައްސަސާއަކުން ކުރާ އެއްވެސް ކަމަކާ ރައީސް އޮފީހުން ބެހިފައި ނުވާނެކަމަށާއި، އެއްވެސް ފަނޑިޔާރަކަށް ވެސް ރައީސް ޔާމީން އަންގަވައިގެން ވަކި ގޮތަކަށް ކަމެއް ކުރަން ވިދާޅުވި ވާހަކައެއް ނުބުނެވޭނެކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ، އެ މަނިކުފާނާއ ދެކޮޅަށް ކޯޓަށް ހުށައެޅުނު މައްސަލައިގައި އެ މަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގައި ބައްދަލުކުރި ބޭފުޅުންގެ އެޕޮއިންޓްމެންޓް ލޮގް ބޭނުންވެގެން އެ ހޯދަން މަސައްކަތް ކުރެއްވި ނަމަވެސް ރައީސް އޮފީހުން އެ ވެސް ނުދެއްވިކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި މިކަމަކީ އަދުލް އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅުންކަމަށާއި ދުނިޔޭގެ އެހެން ޤައުމެއްގައި ނަމަ ރައީސް ޢަޒުލް ކުރެވޭވަރު ކަމެއްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި އިންޓަވިއުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވައިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!