ޚަބަރު ރައްޔިތުންގެ މަޖިލިސް

ގެއްލުމުގައި މިފްކޯއަށް ހަމައަގުގައި މަހެއް ނުގަނެވޭނެ: ފިޝަރީޒް މިނިސްޓަރ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މިފްކޯއަށް ގެއްލުން ވާނަމަ، ހަމަ އަގުގައި މަސް ނުގަނެވޭނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހަމަ އަގުގައި މަސް ނުގަނެވުމާ ގުޅޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރުއެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަމަ އަގަކީ އެއްޗެއް އުފައްދަން ދާ ހަރަދާ ބަލާއިރު އެ ވިއްކައިގެން އެކަށީގެންވާ އާމްދަނީއެއް ލިބޭނެ އަގަކަށް ވާން ޖެހޭކަމަށާއި މިގޮތަށް ބަލާއިރު މިހާރު މިފްކޯއިން މަސް ގަންނަމުން ދަނީ ހަމަ އަގުގައި ނޫން ކަމަށެވެ.

ހަމަ އެގޮތަށް އެ ޕްރައިމަރީ ޕްރޮޑަކްޝަން، އެއީ މަސް ވިޔަސް، ދަނޑުވެރިކަމުގެ ބާވަތެއް ވިޔަސް، އެ އެއްޗެހި ގަނެގެން ސެކަންޑްރީ ޕްރޮޑަކްޓްސް ޕްރޮސެސްކޮށްގެން އުފައްދާ މީހުންނަށް އެ އެއްޗެހި އުފައްދައިގެން އެހެން މާކެޓަށް ވިއްކޭނެ އަގަށް ވާން ޖެހޭނެ. މިއަދު ކަންހުރި ގޮތަށް ބަލާއިރު އަޅުގަނޑުމެން އަސްލު މި ދެންނެވީ ފެއާ ޕްރެއިޒެއްގައެއް ނޫން ހަމަ މަސް ގަންނަނީ

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފްކޯއިން އެކްސްޕޯޓު ކުރާ މަހުން އެވްރެޖްކޮށް 281 ޑޮލަރުގެ ގެއްލުން ވާކަމަށާއި މަސް ގަނެގެން ސެކަންޑްރީ ޕްރޮޑަކްޓްސް އުފައްދާ މީހުންނަށް އެ އެއްޗެހި އުފައްދައިގެން އެހެން މާކެޓަކަށް ވިއްކޭ އަގަކަށް ގަންނަ އަގު ވާން ޖެހޭނެކަމަށެވެ.

Ads by Ooredoo
  1. މުހަންމަދު

    ގެއްލުމޭ ނުކިޔާ އަވަހަށް އިސްތިއުފާދީފަ ރަށައްދޭބަލަ….

  2. ހުދުކާޅު

    ތިވާހަަކަ ތިޔަބުނަނީ ތިޔަތާ ކުރިމަތީ އެހުރި ބޮޑު ގޮނޑީގައި ބޮޑު ކޯޓް ތުރުކުރައްވައިގެން އިންނެވި ބޭފުޅަކަށް ހުތުރު ކުރައްވަންތޯ. ތިޔަކަން އެގޮތަށް ނުކުރެވޭނެކަން މައުމޫނުވއރިކަމުގައި ދައްކަމުން ދަނިކޮށް މަސްވެރިންގެ ބޯކައިގެން ވެރިކަމަށްއެރި މީހާނޫންތަ 3.50 އިން ހަމައަގު 15.00 އަށްކިލޯއެއް ކަމަށް އަގު ބަދަލުކޮށް އެންމެ ރިސޯޓަކުން ރާއްޖެ ހިންދާލީ. ސޮރީ ހިންގާ.ހަސަނާ އެމީހާ ކަލޭމެންނަށް އެ ބުނަނީ ތިމަންނަ ހަމައަގު ދޭނަމޭ. ހަސަނަށް ނުވަނީވިއްޔާ ގެއަށް ދޭބަލަ. މަހަށްދާން. ހަމައަގުދޭތަން ފެންނާނެ ހަސަނަށް އޭރުން. ދޭބަލަ މަހަށް.