ރާއްޖޭގެ ހުރިހާ ރަށް ރަށުގައި މާސްކު އަޅަން އެޗްޕީއޭ އިން އަންގައިފި

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށް ރަށުގައި މާސްކު އަޅަން އެޗްޕީއޭ އިން އަންގައިފިއެވެ.
މިހާރު ކުރިއަށް ދަމުންދާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ ވިދާޅުވީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް އެޗްޕީއޭ އިން ބާރު އަޅާ ކަމަށެވެ.
މީގެ އިތުރުން މާލެ ފިޔަވައި މިހާރު ކޮވިޑް19 ފެނިފައިވާ 10 ރަށުގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.