Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަށީގެ ޑޮކްޓަރު ޑރ. ޝާން ރާއްޖެ ދޫކުރައްވައި އަބޫދާބީއަށް ވަޑައިގަންނަވަނީ

ކަށީގެ ޑޮކްޓަރު ޑރ. ޝާން ރާއްޖެ ދޫކުރައްވައި އަބޫދާބީއަށް ވަޑައިގަންނަވަނީ

ދިވެހިންގެ މެދުގައި މަޝްހޫރު ކަށީގެ ޑޮކްޓަރު، ޑރ. ޝާން ރާއްޖެ ދޫކުރައްވައި އަބޫދާބީއަށް ބަދަލުވެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އަދި އެންމެ ޑިމާންޑު ބޮޑު ކަށީގެ ޑޮކްޓަރު އަބޫދާބީއަށް ބަދަލުވުމަށް ނިންމަވައިފައިވާކަން ޑޮކްޓަރު ޝާން މަސައްކަތް ކުރައްވަމުން ގެންދެވި އައިޖީއެމްއެޗު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އައި.ޖީ.އެމް.އެޗުގެ މެޑިކަލް ޑިރެކްޓަރުގެ މަޤާމު ވެސް ފުރުއްވަމުން ގެންދެވި ޑރ. ޝާން އަބޫދާބީއަށް ބަދަލުވެލައްވަނީ އައު ޗެލެންޖަކާ ކުރިމަތިލެއްވުމަށްކަމަށް އައި.ޖީ.އެމް.އެޗުން ބުނެފައިވެއެވެ. އެހެން ނަމަވެސް ޑރ. ބަދަލުވެލައްވަނީ ކޮން މަޤާމަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

ޑރ. ޝާން ވަނީ އައި.ޖީ.އެމް.އެޗުގެ އިތުރުން އެކި ކްލިނިކްތަކުގައްޔާއި އެކި ރަށްރަށުގައި ހިންގި ކޭންޕުތަކުގައި ވެސް ގިނަ އަދަދެއްގެ ބަލިމީހުން ބައްލަވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް