ކުޅިވަރު ފުޓްބޯޅަ

ބޮޑު ޑްރާމާއެއްގެ ނިމުން: ޕީ.އެސް.ޖީގައި މަޑުކުރަން އެމްބާޕޭ ނިންމައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ފުޓުބޯޅައިގެ ދުނިޔޭގައި އެންމެންގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ ކިލިއަން އެމްބާޕޭގެ ޓްރާންސްފާ ކޮޅެއްގައި ޖެހިއްޖެއެވެ.

Ads by STELCO

ފްރާންސްގެ އުމުރުން 23 އަހަރުގެ ތަރި އެމްބާޕޭއަށް ރިއާލް މެޑްރިޑްގެ ހުށައެޅުން ވެސް ލިބިފައި ވަނިކޮށް އޭނާ މިހާރު ކުޅެމުންދާ ފްރާންސްގެ ޕީ.އެސް.ޖީގެ ހުށައެޅުން ޤަބޫލުކޮށް އެ ޓީމުގައި މަޑުކުރަން އެމްބާޕޭ ނިންމައިފައިވާކަމަށް އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ ދެންމެ ބުނެފައެވެ.

އެމްބާޕޭ ގެންދިޔުމަށް ރިއާލް މެޑްރިޑުން މިދިޔަ ޓްރާންސްފާގައި ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އެމްބާޕޭއަކީ މިވަގުތު އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އެމްބާޕޭ އިތުރުން މިހާރު އެންމެ ފިޔަ ޖަހަމުންދާ ޒުވާން ފޯވާޑް އާލިންގ ހާލަންޑް ވަނީ ކުރިއަށް އޮތް ސީޒަނުގައި އިނގެރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީއަށް ގުޅެން ނިންމައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!