ފަސް މީހުންނަށްވުރެ ގިނައިން އެކީގައި ބޭރުގައި އުޅުން މަނާކޮށްފި

މާލޭ ސަރަހައްދުގައި ފަސް މީހުންނަށްވުރެ ގިނައިން އެކީގައި ބޭރުގައި އުޅުން މަނާކޮށްފިއެވެ.
ހާރު ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަނޭޝަނަލް ހެލްތް އައިޝަތް ސާމިޔާ ވިދާޅުވީ، މާލެ ސަރަހައްދުގައި ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ނުވަތަ އެކުގައި ހުއްޓާލުމަށް އަންގާ ކަަމަށެވެ.
ކޮވިޑް19 ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ މީހުން ކޮންޓެކްޓު ވާލެއް ގިނަ ވުން ކަމަށާއި ކޮންޓެކްޓުންގެ އަދަދު ވެސް ބޮޑުވުން ކަމަށް ސާމިޔާ ފާހަގަކުރެއްވިއެވެ.
އަދި އެ މީހާ ކޮންޓެކްޓްވާ މީހުންގެ އަަދަދު މަދު ކުރުމަކީ މުހިންމުކަމެއް ކަމަށް ސާމިޔާ ވިދާޅުވިއެވެ.