މިއަދު ވެސް ކުރާނެ މަސައްކަތެއް ނެތުމުން މަޖިލިސް ނިންމައިލައިފި
 
                                                    ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ވެސް ނިންމައިލައިފިއެވެ.
މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގައި ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތް ކަމަށާއި އެހެން ނަމަވެސް ކޮމިޓީތަކުގައި ކުރާނެ މަސައްކަތްތައް އެބަހުރި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށި ފަހުން، މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ ގިނަ ޖަލްސާތައް ވެސް ވަނީ ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ވަރަށް އަވަހަށް ނިންމައިލައިފައެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ހަމައެކަނި މަސައްކަތަކީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމެވެ.
 
 Ads by Allied Insurance
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
