ރިސޯޓު ކުލި ކުޑަކުރުން: 590 މިލިއަން ރުފިޔާ ގެއްލޭނެ!
 
                                                    ފަތުރުވެރިކަމުގެ ޤާނޫނަށް ބަދަލު ގެނެސް ރިސޯޓުތަކުގެ ކުލި ކުޑަކުރުމުގެ ސަބަބުން ދައުލަތަށް 590 މިލިއަން ރުފިޔާ ގެއްލޭނެކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.
ފަތުުރުވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށައަޅައިފައިވާ އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަސްމާ ޝަފީޢު ވިދާޅުވީ، ރިޒޯޓު ކުލީގެ ގޮތުގައި އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 1.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭ ކަމަށާއި ކުލި ކުޑަކުރުމުން ލިބޭ އަދަދު ގާތްގަނޑަކަށް 40 އިންސައްތަ ދަށްވެގެންދާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މަޢުސޫމު މީގެ ކުރިން ވިދާޅުވެފައި ވަނީ، ކުލި ކުޑަ ކުރި ނަމަވެސް ދަޢުލަތަށް ގެއްލުންވާނެކަމަށް ނުދެކޭ ކަމަށާއި ކުލި ކުޑަކުރަން ހުށައަޅައިފައި ވަނީ މިނިމަމް ވޭޖާ ގުޅިގެން ރިޒޯޓުތަކަށް ކުރާ އަސަރު ކުޑަ ކުރުމުގެ މަޤުސަދުގައި ކަމަށެވެ.
ރިޒޯޓުތަކުގެ ކުލި ކުޑަކުރުމާ މެދު މޯލްޑިވްސް މަނިޓަރީ ފަންޑު، އެމް.އެމް.އޭއިން ވެސް ވަނީ ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅު ހަދައިފައެވެ.
 
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
