ޚަބަރު ސިޔާސީ

އެމް.ޑީ.ޕީގެ ވޯޓާސް ލިސްޓުގައި މެމްބަރު އާދަމް ޝަރީފްގެ ނަން!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މެއި މަހު 14ވަނަ ދުވަހު ކުރިއަށްދިޔަ އެމް.ޑީ.ޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމަށް ޕީ.އެން.ސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ގުޅި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާއްމުންނަށް ނޭނގި އެއް ޕާޓީއިން އަނެއް ޕާޓީއަށް މެންބަރުން ބަދަލުކުރާ މައްސަލައާއި ނޭނގި ޕާޓީތަކަށް މީހުން ވައްދާކަމަށް ޝަކުވާ ކުރަމުންދާތީ، އާދަމް ޝަރީފް އިއްޔެ ހުށައެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފައި ވާތީ މިއަދުގެ ޖަލްސާގައި އެކަމާ ގުޅިގެން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މި މައްސަލަ ބޮޑުކަން އެނގެނީ އޭނާގެ ނަން އެމް.ޑީ.ޕީގެ ވޯޓާސް ލިސްޓުގައި އޮތުމުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްގެ ކެމްޕެއިން އޮފީހުން އާދަމް ޝަރީފަށް ވޯޓު ލުމަށް ގުޅި ކަމަށާއި އެ ބޭފުޅާއަކީ ޕާޓީއެއްގެ މަޖިލިސް މެމްބަރެއްކަމަށް ގުޅި ފަރާތުގައި ދެންނެވިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ ވޯޓާސް ލިސްޓުގައި އިދިކޮޅު ޕާޓީތަކުގެ ގިނަ މެމްބަރުންތަކެއް ތިބިކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް އަލަށް އިންތިހާބުވި ފައްޔާޒު އިސްމާޢިލް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ޕާޓީގެ ދަފްތަރު ސާފު ކުރުމަކީ ފައްޔާޒުގެ ވަޢުދެކެވެ.

Ads by HDC
  1. ޢަވާމެނދުރު

    ްއެހެންވެޔޭ މައްސަލަ ނުބަލާން އުޅެނީ ، ހުރިހައި ކަމަކުން ވެސް ގައްދާރު، އެ ފަދަ ޕާޓީތައް ވީ ކެންސަލުކުރަން ، އެ ގޮތަށް މީހުން ވައްދާ ޕާތީތައްވީ އުވާލަށް އަނެއްކާ ނުކެރޭނެދޯ އިލެކްސަންގެ ރައީސަކަން އެކަން ކުރާކަނ

  2. ވަހީދާ

    ތިވޯޓަރސް ލިސްޓްގެ ވާހަކަ ރަގަޅު ވާނީ ނުދެއްކިއްޔާ. ނިޔާވެފަތިބި އެތަކެއްހާސް ދިވެހި ރައްޔިތުންތަކެއްގެ ނަންތިޕާރޓީ ތަކުގެ ދަފްތަރުގައިތިބޭނެ. އިލެކްޝަނެސް ކޮމިޝަން އިންޕާރޓީތަކުގެ ދަފްތަރުތައްއާއްމުކޮށްލުން ރަގަޅުވާނެ.