އިސްރާއީލާ އެކު ގުޅުން ބޭއްވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދަބަކީ މެރުންކަމަށް އިރާގުން ކަނޑައަޅައިފި
އިސްރާއީލާއެކު ގުޅުން ބޭއްވުމަކީ ކުށެއް ކަމަށް އިރާގުން ކަނޑައަޅައިފިއެވެ.
އިރާގުގެ ޤާނޫނު ހަދާ މަޖިލީހުން، އިސްރާއީލާ ގުޅުން ބޭއްވުމަކީ ކުށެއް ކަމަށް ކަނޑައަޅައި ގާނޫނެއް ފާސްކޮށްފައިވާއިރު، އެ ގާނޫނާ ހިލާފުވާ މީހުންގެ އަދަބަކީ މަރުގެ ހުކުމެއް ނުވަތަ އުމުރަށް ޖަލަށް ލުމެވެ.
"ކްރިމިނަލައިޒިންގ ނޯމަލައިޒޭޝަން އެންޑް އެސްޓޭބްލިޝްމަންޓް އޮފް ރިލޭޝަންސް ވިތު ދަ ޒަޔަނިސްޓް އެންޓިޓީ"ގެ ނަމުގައި ނެރުނު މި ގާނޫނު ބުރާސްފަތި ދުވަހު ފާސްކޮށްފައި ވަނީ އިރާގުގެ 329 ގޮނޑި ހިމެނޭ މަޖިލީހުގައި 275ގެ ވޯޓުންނެވެ،
މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގާނޫނުނަކީ "ރައްޔިތުންގެ ޝުއޫރު" ކަމަށާއި ޤާނޫނު ބައްޓަންކޮށްފައި ވަނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.
އިރާޤުގައި ސިޔާސީ ގޮތުން އުފެދިފައިވާ ހަމަނުޖެހުންތައް ދިގުދެމިގެން ގޮސްފައިވާ އިރު، މި ޤާނޫނު ފާސްކޮށްފައި ވަނީ، ވަރަށް ގިނަ ދުވަހު މަޖިލިސް ޖަލްސާއެއް ނުބާއްވާ އޮއްވައެވެ.
އިރާގުގެ އައި ރައީސަކު އިންތިޚާބުކުރުމާއި ސަރުކާރެއް އުފެއްދުމަށް ވެސް ކޯރަމް ހަމަނުވުމާއި ހަމަނުޖެހުންތަކުގެ ސަބަބުން މަޖިލިސްގެ ޖަލްސާއެއް ވަނީ ނުބޭއްވިފައެވެ.
އިރާގުން ދުވަހަކު ވެސް އިސްރާއީލު ބަލައިގަނެފައެއް ނުވެއެވެ. އަދި އިރާގުގެ ރައްޔިތުންނާއި ކުންފުނިތަކުގެ އޮފިޝަލުންނަށް ވެސް އިސްރާއީލަށް ޒިޔާރަތް ކުރުން މަނަލެވެ. އެ ދެ ގައުމުގެ އެއްވެސް ޑިޕްލޮމެޓިކް ގުޅުމެއް ނެތެވެ.
އިރާގުގައި މަސައްކަތްކުރާ އަދި އިރާގުގެ ހުރިހައި ރައްޔިތުންނާއި ދައުލަތާއި މިނިވަން މުއައްސަސާތަކުގެ އިތުރުން އެ ގައުމުގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
މާޝާﷲ
ބަރާބަރު