އަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑައިލައި އިޒްރޭލުން އިއްޔެ ހިންގި އަމަލުތައް ކުށްވެރިކުރަން: ރައީސް ޞާލިޙް

މުސްލިމުންގެ އެންމެ މާތް އެއް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާއަށް އިޒްރޭލުގެ ދިދަ ހިފައިގެން ތިބި ބަޔަކު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑައިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އިޒްރޭލްގެ ދިދަ ހިފައިގެން ތިބި ބަޔަކު އިއްޔެ ވަނީ އަޤްޞާ މިސްކިތަށް ވަދެގަނެ، އެ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތަކެއް ހިންގައިފައެވެ. ބޭރުުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިސްރާއިލްގެ ދިދަ ހިފައިގެން ގާތްގަނޑަކަށް 100އެއްހައި މީހުން ވަނީ އެ މާތް މިސްކިތުގެ ތެރެއަށް ވަދެގަނެފައެވެ.
މަސްޖިދުލް އަޤްޞާއަށް ވަދެގަތް މީހުން ވަނީ އެ މިސްކިތުގައި އެ ވަގުތު ތިބި މުސްލިމުންނާއި ކުރިމަތިލައި، އަންހެން ކުޑަކުއްޖަކަށް ވެސް ބެލުމެއް ނެތި އެ ތަނުގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައިފައެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްރޭލުގެ ޔަހޫދީންތަކެއް އެޤައުމުގެ ދިދަތަކެއް ހިފައިގެން އިއްޔެ ބޭއްވި "ފްލޭގް މާޗް"ގައި، މަސްޖިދުލް އަޤްޞާއަށް ވަދެ، އެމާތް މިސްކިތުގެ ހުރުމަތް ކަނޑައިލުން ކުށްވެެރިކުރާ ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކުގައި ކަމަށް ވެސް ރައީސްގެ ޓްވީޓްގައި ފާހަގަ ކުރައްވައިފައިވެއެވެ.
އިންޑިޔާގައި ހިންދޫން މިސްކިތްތަކުގައި ހުޅުޖަހައި، މިސްކިތްތަކަށް ގެއްލުންދޭ މައްސަލަ ކުށްވެރިކުރަން މިކަލޭގެއަށް ކެރޭނެބާ؟
ކަލޯ ހަސަނާ ޔާމިނުއަށް ކެރުނުތަ ޗައިނާ އިން މުސްލިމުންނައް އަނިޔާ ކުރިއިރު އެެއްޗެއްކިޔަން ހަމަ އަހާލީ