ޚަބަރު

ޙައްޖަށް ދާން ހުޅުވައިލި 100 ފުރުސަތަށް 500 މީހުން،ގުރު ނެގުން ހޯމައިގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހައްޖައް ދިޔަ ދިވެހިންތަކެެއް؛ ފޮޓޯ ސަން

މިއަހަރު ޙައްޖަށް ދާން ރާއްޖެއަށް ލިބުނު ފުރުސަތުގެ ތެރެއިން އާއްމުންނަށް ހުޅުވައިލި 100 ފުރުސަތަށް 500އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.

Ads by MWSC

މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބުނު 453 ޖާގަ އެއްކޮށް ދީފައި ވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައި ވަނީ ހައްޖަށް ދާން އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ.

އަދި ބާކީ 100 ޖާގަ އައްމުކޮށް ހުޅުވައިލައިގެން މީހުން ހޮވުމަށް ވަނީ ނިންމައިފައެވެ. މި ފުރުސަތުގައި ހައްޖަށް ދާ މީހުން ހޮވުމަށް ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ.

މި 100 ޖާގައަށް މިހާރު ފޯމް ހުށައެޅުމަށް ހުޅުވައިލައިފައިވާ އިރު މިއަދު އިރުއޮއްސި 6:00 ޖެހުމާ ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވައިލައިފައެވެ.

މިއަހަރު ފުރަތަމަ ބުރުގައި ޙައްޖަށްދާ މީހުން މިމަހުގެ 26ވަނަ ދުވަހުގައި ފުރާނެއެވެ. އެއީ 157 ޙައްޖާޖީންނެވެ.

ފަހުން ހުޅުވައިލި ފުރުސަތުގައި ޙައްޖަށް ގެންދިއުމަށް ނިންމައިފައި ވަނީ 76960 ރުފިޔާއެވެ. މިއީ އާއްމުކޮށް މީހުން ޙައްޖަށް ގެންދާ ވަރަށް ވުރެ ބޮޑު އަގެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!