ޚަބަރު ސިޔާސީ

ޕީ.ޕީ.އެމްއިން ޒުވާނުންނަށް ހެޔޮ އެދޭ ނަމަ ދޮގު ހެދުމާއި އޮޅުވައިލުން ހުއްޓައިލާ: އިކްރާމް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އިދިކޮޅު ޕާޓީ ޕީ.ޕީ.އެމްއިން ޒުވާނުންނަށް ހެޔޮ އެދޭ ނަމަ ދޮގު ހެދުމާއި އޮޅުވައިލުން ހުއްޓައިލާން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

ޒުވާނުންގެ ޚިޔާލުތަކާއެކީ ޕީ.ޕީ.އެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް އިދިކޮޅު ލީޑަރު އަދި ޕީ.ޕީ.އެމްގެ ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވާ އިކުރާމް ވިދާޅުވީ، ޒުވާނުންނަށް ހެޔޮ އެދޭނަމަ ޕީ.ޕީ.އެމުން ބޭރުގެ ޤައުމެއް ފަހަތުން ނައްޓައިނުލެވިގެން އުޅޭ އުޅުން ދޫކޮށްލައި ބިނާ ކުރަނިވި ސިޔާސީ މަސައްކަތްތައް ކުރަން ފަށަން ޖެހޭ ކަމަށެވެ.

ޕީޕީއެމް ޒުވާނުންނަށް ހެޔޮ އެދޭ ނަމަ ދޮގު ހެދުމާއި އޮޅުވައިލުން ހުއްޓައިލައިފައި، ބޭރު ޤައުމެއް ފަހަތުން ނައްޓައިނުލެވިގެން އުޅޭ އުޅުން ދޫކޮށްލައިފައި ބިނާކުރަނިވި ސިޔާސީ މަސައްކަތެއް ކުރަން ފަށަން ޖެހޭ:އިކްރާމް

ޕީ.ޕީ.އެމްއިން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގައި އިދިކޮޅު ލީޑަރު ޔާމީން ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، ސަރުކާރަށް ތާއިދު ކުރައްވާ އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރުން އަންނަނީ ރައީސް ޔާމީންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

ޕީ.ޕީ.އެމުން އެންމެ ފަހުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ބުރިޖު މަޝްރޫޢަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެއީ މި ޙާލަތުގައި ކުރަން ޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ފުރަތަމަ ތިމާއިސް.ލާހުވެބަލަ

  2. އަސްލުވެސް!

    ކަސްބީއަކަށްވުރެ ފިރިހެނެއްގެ އަނގަ ކަސްބީ ވެއްޖެނަމަ، އެއަށް ވުރެ ދިޔައިކަން ބޮޑު ފެންވަޅެއް ނުހުންނާނެ!

  3. ހައްގުބަސް

    ޢިއްޒަތަކާހެދި ބޮލުރޮދި ކެނޑިފަހުރި މީހަކަށް ކިޔޭނުކިޔޭއެއްވެސް ނޭގޭނެ، އިގޭނަމަ އެމްޑީޕީ ކަހަލަ މުޑުދާރަަ ލާދީނީ ބަޔަކަށް ތާއިދުވެސް ނުކުރާނެ!

  4. ރަދީފް ހުސެން

    ދާއިރާގެ ރަށަކައް ކައުންސިލާގުޅިގެން ފިޔަވާރިއެއް އިންވެސްޓު ކޮއްދޭން ބަޔަކު ހުށައެޅީމަ ތިމާއައް ބަޔެއްނާޅަންޔާ އެކަންވިޔަނުދީ ހުރަސްއެޅުމަކީ ދާއިރާގެ ޒުވާނުންގެ މުސްތަގުބަލު ފަހިކޮއްދޭން ކުރާކަމެއްތޯ؟ ނޫނީ ތިމާމެން ކައިރިން ސަލާންޖަހައިގެން ނޫންގޮތެއް ވިޔަނުދިނުންބާ؟