ޚަބަރު ސަރުކާރު

ދައުލަތުގެ ރިޒާވް ނުރައްކާ މިންވަރަށް ދަށަށްދާކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ދިވެހި ދައުލަތުގެ ރިޒާވް ނުރައްކާ މިންވަރަށް ދަށަށް ދާކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

Ads by STELCO

އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ދަރަނި ރިސްޓްރަކްޗަރ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 201 އާއި 2020ގައި ދެއްކެވީ އެކަން ނުކޮށް ބޮންޑު ވިއްކާ ނަމަ އޭގެ ތަކުލީފާ ފަހުން ކުރިމަތިލާން ޖެހޭނެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. މީގެ އިތުރުން އޭރު ވެސް މި އަހަރާއި މިއަންނަ އަހަރު ދަރަނި ދައްކަން ދަތިވާނެކަން ފާހަގަކުރައްވައިފައި ވާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް މަސްތަކުގައި ދަރަނި ދެއްކުމަށް ފައިސާ ހޯދާނެ ގޮތާއި ފައިސާ ހުރި މިންވަރު ވެސް ސާފު ނުވާ ކަމަށާއި އަދިވެސް ގިނަ މެމްބަރުންނަށް ކަންކަން ހިނގަމުންދާ ގޮތް އެނގިވަޑައިނުގަންނަވާކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އިޤްތިޞާދީ ހާލަތު ގޯސްވަމުން އަންނައިރު ރާއްޖޭގެ ޖުމްލަ ދަރަނި ވެސް މިހާރު ވަނީ 100 ބިލިއަނަށް އެރުމާ ގާތްވެފައެވެ. އެހެން ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.

  1. ބޮޑުއަލީ

    ސަރުކާރު މި އޮންނަނީ ބަގުރޫޓް ވަންދެން ބަލަންތޯ؟
    އިޤްތިސޯދުކޮށް މެނޭޖް ކުރުމުގެ ވިސްނުން ގެންގުޅޭތަނެއް ނުފެނޭ.

  2. ޢަލީ

    ނަޝީދު ހުންނަވާ ލަންކާގެ ހާލަތު ރަނގަޅު ކޮށްދެއްވާ މޭސްތިރިއެއްގެ ގޮތުގައި. ރާއްޖެއަކާ ކޮންކަމެއް.

  3. އުތީމް މުހައްމަދު ތަކުރުފާން ބޮޑު ތަކުރުފާން ( رحمه الله) ޕޯޗްގީޒުންގެ އައްދަށުން ޤައުމު މިނިވަންކޮށް، ރައީސް އިބްރާހިމް ނާސިރު ( رحمه الله ) އިނގިރޭސިންގެ އައްދަށުން ޤައުމު ނިނިވަންކުރީ، އަޅުގަޑުމެން ރިބާ ލޯނު ނަގައިގެން މިޤައުމު ދަރަނިވެރިކޮށް އިޤުތުސާދީ އަޅުވެތިކަމަކަށް ވައްޓާލަންތޯ ؟ ރިބާ ލޯނުނެގުން ހުއްޓާލަން އެންމެން ގޮވާލަން ޖެހޭ !