ޕިކްނިކް އައިލެންޑް ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އަޅަން ފަށައިފި

މާލެ އާއި މާލެ ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުން ޕިކްނިކް ދިއުމަށް ހާއްސަކުރާ ކ. ކުޑަގިރީގައި ކަރަންޓް ނެޓްވޯކު އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ވިދާޅުވީ، ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކާއެކު، އެ ރަށުގެ މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތާ ވެސް ހަވާލުވެފައިވާ ކަމަށެވެ. އަދި އަމާޒަކީ އެ މަސައްކަތްތައް 15 ދުވަހުގެ ތެރޭގައި ނިންމާލުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށްޓަކައިކުޑަގިރީގައި 3،000 މީޓަރުގެ ކޭބަލް ވަޅުލަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ.
އެ ރަށުގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް، އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި ދިރާސާ ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ