ޚަބަރު ސިޔާސީ

ކުރީގެ ސަރުކާރު ވައްޓައިލާން ބޭރުގެ ބާރުތަކުން ބޭނުންވީ މަރުގެ ހުކުމް ތަންފީޒްކުރަން އުޅުމުން: ޝަހީމް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އެންމެހައި ތައްޔާރީތަކާ ގަވާއިދުތައް ހަދައި ނިމިފައިވާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝަހީމް ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އެންމެހައި އުސޫލުތަކެއް ކެބިނެޓުން ފާސްކުރި ކަމަށާއި އެ ވެރިކަން ވައްޓައިލާން ބޭރުގެ ބާރުތަކުން ބޭނުންވި ސަބަބަކީ އެއީ ކަމަށެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ އުސޫލުތައް ކެބިނެޓުން ނިންމިއިރު އެކަމާ ބެހޭ ގޮތުން އިސްލާމީ ޝަރީއަތުގައި އޮތް ގޮތް ސާފު ކުރައްވަން ރައީސް ޔާމީން އިސްލާމީ އިލްމުވެރިން ގެންދަވައި މަޢުލޫމާތު ވެސް ސާފު ކުރެއްވިކަމަށެވެ.

މިހާރުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲއާ މިއަދު މަޖިލީހުގައި ވަނީ ސުވާލު ކުރައްވައިފައެވެ. މިނިސްޓަރު އިމްރާނާ މިކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤެވެ.

ޠާރިޤުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ކުރީގެ ސަރުކާރުތަކުން ވެސް ޢަމަލު ކުރަމުން އައި ގޮތަށް ޢަމަލުކުރުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒުކުރާ ވާހަކަ ސިޔާސީ ބޭނުމަށް ދައްކަވައިފައިވާކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

  1. ކުރީ ސަރުކާރު ބުނަނީ އެމީހުން އޮތީ މަރުގެ ހުކުމް ތަންފީޒު ކުރަން ހަމަ ރެޑީ ކޮށްފަޔޭ، ޝޭހު އިމުރާން ބުނީ މިސަރުކާރު އޮތީ ކުރީ ސަރުކާރު ގޮތަށޯ އެކަމުގައި ސިޔާސަތު ބަދަލް ނުވެޔޭ ؟