ދުނިޔެ

ފަލަސްތީނުގެ ބިން އަނބުރާ ދިނުމުގެ ވިސްނުމެއް އިޒްރޭލަކު ނެތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވާ ބިންތައް އަނބުރާ ފަލަސްތީނަށް ދިނުމުގެ ވިސްނުމެއް އިސްރާއީލުން ނުގެންގުޅޭ ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)އިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލުން ހެދި ރިޕޯޓެއްގައި ވިދާޅުވެފައި ވަނީ، އިޒްރޭލުން ފަލަސްތީނުގެ މީހުންނާ މެދު އަމަލު ކުރަމުން އަންނަނީ ދެވަނަ ދަރަޖައިގެ މީހުންގެ ގޮތުގައި ކަމަށެވެ. މިގޮތުން ޙައްޤުތަކުން މަޙްރޫމް ކުރުމާއި، އިސްލާއީލުން ފަލަސްތީނުގެ މީހުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ ކަމަށް މި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

އިސްލާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ގިނަ އަދަދެއްގެ ޔަހޫދީން މިހާރު ދަނީ ދިރިއުޅުމުންނެވެ. މި ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުން، އިސްލާއީލުގެ މަޤްސަދަކީ ފަލަސްތީނު މީހުން ބޭރުކޮށް، ސީދާ މިލްކުވެރިކަން އިސްރާއީލަށް ހޯދައިދިނުމެވެ.

އދ.ގެ މި ރިޕޯޓް ހަދައިފައި ވަނީ މިދިޔަ އަހަރު އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އިޒްލޭރުން ދިން ހަމަލާތަކުގައި ފަަލަސްތީނުގެ 260 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!