އޭޝިއާ ދުނިޔެ

ލަންކާއަށް ހަ މަސް ދުވަހުގެ ތެރޭގައި ފަސް ބިލިޔަން ޑޮލަރު ބޭނުންވާނެ: ބޮޑު ވަޒީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިރިއުޅުމުގެ އަސާސީ ކަންކަން ކަށަވަރުކުރުމަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް ފަސް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހަތްދިހަ އަހަރު ތެރޭގައި ޖަޒީރާ އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމުގެ ސަބަބުން ބޮޑެތި ފިއްތުންތަކެއް އެ ޤައުމަށް ވަނީ ކުރިމަތިވެފައެވެ. މިގޮތުން ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، ތެލާއި ބޭސް ފަދަ މުހިންމު ތަކެތި އެތެރެކުރުން ހުއްޓި، އެ ޤައުމުގެ ފައިސާގެ އަގު ދަށްވެގެން ދިޔައެވެ. މިއާ އެކު ޤައުމުގެ ހަމަނުޖެހުން އިތުރުވެ މަގުމަތީގައި މުޒާހަރާކޮށް، ވެރިކަން ވެސް ބަދަލުކޮށްފައެވެ

މިކަމުން އަރައިގަތުމަށް ޓަކައި މިއަހަރު ލަންކާއަށް ތެޔޮ އެތެރެކުރުމަށް ގާތްގަނޑަކަށް 3.3 ބިލިއަން ޑޮލަރު، ކާބޯތަކެތީގެ 900 މިލިއަން ޑޮލަރު، ކެއްކުމަށް ބޭނުންކުރާ ގޭހަށް 250 މިލިއަން ޑޮލަރު އަދި ގަސްކާނާއަށް އިތުރު 600 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ ގޮތުގައި 2022ވަނަ އަހަރު އިގްތިސާދު %3.5 ދަށްވާނެ ކަމަށް ވިކްރަމަސިންހަ ވިދާޅުވި ނަމަވެސް ވަރުގަދަ އިސްލާހީ ޕެކޭޖަކާއި ދަރަނި އަލުން އެކުލަވައިލުމާއި ބައިނަލްއަގްވާމީ އެހީތެރިކަމާ އެކު ކުރީގެ އިޤްތިޞާދީ ހާލަތަށް އަނބުރާ ދެވޭނެކަމުގެ ޔަގީންކަން ދެއްވިއެވެ

"އެކަނި އިގްތިސާދީ ހަމަޖެހުން ގާއިމް ކުރުމަކުން ނުފުދޭނެ، އަޅުގަނޑުމެން ޖެހޭނީ މުޅި އިގްތިސާދު އަލުން އެކުލަވައިލާން،" ވަގުތީ ބަޖެޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ވިކްރަމަސިންހަ ވިދާޅުވިއެވެ.

"2023ވަނަ އަހަރު ނިމޭއިރު އިގްތިސާދީ ހަމަޖެހުން ހޯދަން ޖެހޭ."

Ads by Ooredoo
  1. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންގެ ސަބަބުން ޤައުމުތަކަށް ދިމާވާކަންކަން !