ގިނަ ދުވަސްތަކަކަށް ފަހު ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00ގައެވެ. ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވައިލާ ގޮތަށް ބާއްވާ މި ޕްރެސް ޓީވީތައް މެދުވެރިކޮށް ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޞާލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.