ރައީސް ނަޝީދުގެ ރައްދެއް ރައީސް ޞާލިޙަށް: މިއީ ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން
ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން، ރައީސް ނަޝީދު ރައްދު ދެއްވައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވަރަށް ގިނަ ބަޔަކު މެސެޖު ކުރައްވަމުން ގެންދާ ކަމަށާއި މިހެންކަމުން މިއަދުގެ ހާލަތަކީ، އަމިއްލަ އެދުން އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫން ކަމަށް ވިދާޅުވާން ބޭނުންފުޅުވާ ކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުން ޓެކްސްޓް ކުރައްވާތީ ދަންނަވަން. އަޅުގަނޑަށް ފެންނަ ގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން. މީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާ މެދު ވިސްނައި މަގަށް އަޅުވަންވީ ވަގުތު" ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިއަދު ވަނީ ރައީސް ނަޝީދު ގެންނަވަން އުޅޭ ބައެއް އިސްލާޙްތަކަށް ވެސް ފާޅުގައި ނޫނެކޭ ވިދާޅުވެފައެވެ.
މިގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެނޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާ ނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެނޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫން އަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކުރައްވާ މަސައްކަަތަށް ތާއީދު ނުކުރައްވާކަން ހާމަކުރެއްވިއެވެ.
ނަޝީދުގެ މި އިސްލާހުތަކާއި ގުޅޭ ގޮތުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ރައްޔިތުންގެ ސާފު އައުލަބިއްޔަތުން ނޫނީ ވެރިކަމަށް އާދެވޭ ގޮތަށް ތާއީދު ނުކުރާނެ ކަމަށެވެ. އެގޮތުން 50 ޕަސެންޓުން ނޫން ގޮތަކަށް ވެރިކަމަށް އާދެވޭ ގޮތަށް ތާއީދު ނުކުރައްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ޢިލްމުވެރިން ނިވާ ފައްގަޑަކަށް ހަދައިންގެން ބޭރުގެ ފަރާތަކުން ގެއްނަ އިސްލާމް ދީނާއި ބީރައްޓެހި ޤާނޫނުތައް ދިވެހިބަހަށް ތަރުޖަމާ ކޮށްގެން ޢިސާމީ ދިވެހި އުއްމަތުގެ މައްޗަށް ތަންފީޒު ކުރަން އުޅޭއިރު މިކަމާއި ބަހެއް ބުނެލާނެ ޤާނޫނީ ޝަރުޢީ ޢިލްމުވެރިޔަކު ވެސް ނެތީތޯ ؟