މުނިފޫހިފިލުވުން

އިންޑިއާގެ ތަރި ޝާންއާ އެކު އުނޫޝާގެ ހިތްގައިމު ލަވައެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންއާ އެކު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ)ކިޔައިފައިވާ ލަވަ ރިލީޒްކޮށްފިއެވެ.

Ads by Sosun Fihaara

މި ލަވަ މިއަދު ޝާންގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި ވަނީ ހިއްސާކޮށްފައެވެ.

"ދިލް އުޅެޔާ" ކިޔާ މި ލަވަ ޝޫޓްކޮށްފައި ވަނީ ކްރޮސް ރޯޑްގައެވެ. މި ލަވައިގެ ވީޑިއޯގައި އުނޫޝާގެ އިތުރުން އިތުރު ދިވެހި އާޓިސްޓުން ވެސް ފެނެއެވެ. މި ލަވައިގެ ޕްރޮޑަކްޝަންގައި ވެސް ދިވެހިން ވަނީ ބައިވެރިވެފައެވެ. ލަވައިގެ މިއުޒިކްގައި ދިވެހި ބޮޑު ބެރު ވެސް ވަނީ ހިމަނައިފައެވެ.

މި ލަވަ ކިޔައިފައި ވަނީ ދިވެހި ބަހާއި ހިންދީ އަދި ޕަންޖާބް ބަސް ބޭނުންކޮށްގެންނެވެ.

ލަވަ ހިއްސާ ކުރަމުން ޝާން، މީސްމީޑިއާގައި ބުނެފައި ވަނީ މި ލަވަައަކީ ނަށާލާ ކަހަލަ މޫޑެއް ގެންނާނެ ލަވައެއް ކަމަށެވެ.

މި ލަވަ ހިއްސާ ކުރަމުން އުނޫޝާ ބުނެފައި ވަނީ ޝާންއާ އެކު ލަވަ ކިޔާލަން ލިބުމަކީ ފަޚުރެއް ކަމަށާއި، ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!