އޭޝިއާ ދުނިޔެ

އިންޑިއާއިން ލަންކާގެ ދަނޑުވެރިންނަށް 55 މިލިޔަން ޑޮލަރުގެ ކްރެޑިޓްލައިނެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީ ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިވުމަށް، އިންޑިއާއިން ގަސްކާނާ އިމްޕޯޓު ކުރުމަށް އިތުރު 55 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖަައްސައި ދީފިއެވެ.

Ads by Sosun Fihaara

މި ކްރެޓިޑް ލައިން ހަމަޖައްސައިދީފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އިއްޔެ މި އެއްބަސްވުމުގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވަނީ ކުރިއަށް އޮތް ދަނޑުވެރިކަމުގެ ދެ މޫސުމަށް ބޭނުންވާ ގަސްކާނާ ވެސް މިހާރު ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ކާބޯތަކެތި މިހާރު ހުރީ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރަށް ވާ ވަރަށް ކަމަށް ވެސް ވިދާޅުވިއެވެ.

 

ގަސްކާނާ އިމްޕޯޓު ކުރުމުގެ އިތުރުން އިންޑިއާ އިން ދާދިފަހުން ވަނީ ތެޔޮ ގަތުމަށް ލަންކާއަށް 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީފައެވެ. އަދި ތެޔޮ، ކާޑުގެ ބާވަތް ފަދަ އަސާސީ ތަކެތި އިންޑިއާއިން ދަނީ ލަންކާއަށް ފޯރުކޮށްދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!