ޚަބަރު ސިޔާސީ

ދައުލަތް ޑީފޯލްޓުވާކަމަށް ދައްކާ ވާހަކައަކީ ހަޤީޤަތާ ހިލާފު ވާހަކައެއް: މަވޯޓާ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ދައުލަތް ޑީފޯލްޓުވެ ބަނގުރޫޓޫ ވާކަމަށް ދައްކަމުންދާ ވާހަކައަކީ ނުރައްކާތެރި، ހަޤީޤަތާ ހިލާފު ވާހަކައެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަވޯޓާގެ ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ވެސް ރައްޔިތުން ބަނޑަށް ޖެހިޔަ ނުދީ ދެ އަހަރު ވަންދެން ސަރުކާރުން އިޤްތިޞާދު މެނޭޖުކޮށްފައިވާ ކަމަށާއި މިހާރު އިޤްތިޞާދު ހަމައަކަށް އެޅެމުން އަންނަ ކަމަށެވެ.

 

 

މަވޯޓާ މިހެން ވިދާޅުވެފައިވާ އިރު، އެމެރިކާ ބޮޑު ބޭންކެއް ކަމަށްވާ ޖޭޕީ މޯގަންއިން ވަނީ ރާއްޖޭގެ އިޤްތިޞާދާ ގުޅޭ ގޮތުން ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން ރަނގަޅަށް އިޤްތިޞާދު މެނޭޖު ނުުކުރެވިއްޖެ ނަމަ 2023ވަނަ އަހަރަށް ދާއިރު ރާއްޖެ ޑީފޯލްޓަކަށް ގޮސްދާނެކަމަށް އެ ބޭންކުން ވަނީ އިންޒާރު ދީފައެވެ.

އެހެން ނަމަވެސް ސަރުކާރުގެ ވެރިން މިކަމާ ދެކޮޅަށް ވަނީ ވާހަކަ ދައްކަވައިފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ބޭންކުގެ ރިޕޯޓަކީ އާދައިގެ މުވައްޒަފަކު ބުނި އެއްޗެއްކަމަށް ވިދާޅުވެފައެވެ. އަދި ފިނޭންސް މިނިސްޓަރު އަމީރު ވެސް ވަނީ އެ ބޭންކުން ރަސްމީކޮށް އެފަދަ އެއްޗެއް ބުނެފައި ނުވާކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ކުރިއަށް އޮތްތާ ވެސް ދަރަނި ދެއްކޭނެކަމުގެ ޔަޤީންކަން ރައީސް ޞާލިހު ވެސް ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވައިފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!