ދުނިޔެ

އިންޑިއާގެ ތުހުމަތެއް: ނަބިއްޔާ ދިފާއުކުރުމުގެ ނަމުގައި ޕާކިސްތާނުން ދަނީ ދޮގު މައުލޫމާތު ފަތުރަމުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު، ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކަށް ފަހު، ޕާކިސްތާނުން އިންޑިއާ ބަދުނާމުކޮށް، ދޮގު ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށް އިންޑިއާއިން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާއިން ބުނެފައި ވަނީ، އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން އަބަދުވެސް ފިކުރީ ހަނގުރާމައެއް ކުރަމުން އަންނަ ކަމަށާއި މިހާރު ޕާކިސްތާނުން ކުރާ ކަމަކީ ނަބިއްޔާގެ ނަންފުޅު ބޭނުންކޮށްގެން ދޮގު މައުލޫމާތު ފެތުރުން ކަމަށެވެ.

އިންޑިއާގެ ޑިޖިޓަލް ފޮރެންސިކްސް ރިސާޗް އެންޑް އެނަލިޓިކްސް ސެންޓަރު (ޑީއެފްއާރުއޭސީ)އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، އިންޑިއާއާ ދެކޮޅު ހަރުކަށި ވާހަކަ ބޮޑަށް ދައްކައިފައި ވަނީ ޕާކިސްތާނުގެ އެކައުންޓްތަކުން ކަމަށާއި، ގިނަ އެކައުންޓްތަކަކީ ބޮޓް އެކައުންޓްތައް ކަމަށެވެ.

ޑީއެފްއާރުއޭސީން ބުނާ ގޮތުގައި ޕާކިސްތާނުގެ ބޮޑު ނޫހެއް ކަމަށްވާ އަރީ ނިއުސް ހިމެނޭ ގޮތަށް ބައެއް މީޑިއާ ހައުސްތަކުން އޮމާންގެ މުފްތީ ، އިންޑިއާގެ ޕްރޮޑަކްޓް ބޮއިކޮޓްކުރަން އިއުލާން ކުރި ކަމަށް ބުނެ ގޯސް ޚަބަރު ފަތުރާފައިވާ ކަމަށެވެ. ނަމަވެސް، މުފްތީ ވިދާޅުވީ، ރަސޫލާއާ ފުރައްސާރަ ކުރުމާ ދެކޮޅަށް ހުރިހައި މުސްލިމުން އެއްބައިވަންތަވުމަށް ކަމަށާއި، ބޮއިކޮޓް އިންޑިއާގެ ޓްރެންޑް ފެށީ ޕާކިސްތާނުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!