މޫސަގެ ހަމަލާތަކެއް ނަޝީދަށް: އައު ޕާޓީއެއް ހަދަން ލަދުން އުޅޭނެކަމެއް ނެތް
އައު ސިޔާސީ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވުމުގެ ބޭނުމެއް ނެތްކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓްތަކުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ތްރީލައިން ވިޕާ ދެކޮޅަށް ވޯޓް ދެއްވި ނަމަވެސް ޕާޓީން ވަކި ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުންނެވެ.
އެކަމާ ގުޅިގެން މޫސަ ވިދާޅުވީ ޕާޓީން ކަނޑައިނުލައިގެން، އެހެން މީހެއްގެ ރަނިންމޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވާނެ ކަމެއް ނެތް ކަމަށެވެ. އަދި ރައީސްކަން ކުރައްވައިފައި ޕާޓީ ދޫކުރައްވައިފައި ވަޑައިގަންނަވާ ވެރީންގެ ހާލަކީ 3000 މެންބަރުން ވެސް ހަމަނުވުން ކަމަށް މޫސަ ވިދާޅުވިއެވެ.
ރައީސްކަން ކޮށްފައި ޕާޓީ ދޫކޮށްފައިދާ މީހުންގެ ހާލަކީ 3،000 މެންބަރުން ހަމަވަނީ މަރަށް ފުރާނައަށް ކިރިޔާ. ހަތެއް ފެބްރުއަރީ ކަހަލަ ޅަ އެއްޗެއް ނާޅާތި،" ނަޝީދަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވިއެވެ.
ވިޕްލައިނާ ދެކޮޅަށް ތެދުވަން އެ މެމްބަރުން ނިންމަވައިފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން 65 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ފާސްކުރައްވައިފައި ވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.