ޝަރުޢީ ދާއިރާ

ދެ ކިރު ދަޅާއި ދެ ކޮފީ ޕެކެޓްތަކެއް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ހދ. މަކުނުދޫ، ލުނބޯގަސްދޮށުގޭ ހުސެއިން މަޙީލްގެ މައްޗަށް ، ކޯސްޓް ދެ ކިރުދަޅަކާއި، ދެ ކޮފީ ޕެކެޓް ވަގަށް ނެގުމުގެ ކުށް ސާބިތުވެ، އޭނާ ހަތަރު މަަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

Ads by STELCO

ހުސެއިން މަޙީލް ވައްކަން ކޮށްފައި ވަނީ މާލޭގެ މަޖީދީމަގުގައި ޖުންނަ ރެޑްވޭވް ސްޓޭޑިއަމް ފިހާރައިންނެވެ. މިކަން ހިނގައިފައި ވަނީ، 29 އޭޕްރީލް 2021ގައެވެ.

އޭނާގެ މައްޗަށް ދައުލަތުން ވައްކަމުގެ ދައުވާކޮށްފައި ވަނީ، ރެކެއްގެ ބިތްދޮށުގައި ހުރެގެން އޭނާ ގެންގުޅުނު ރަތްކުލައިގެ ކޮތަޅަކަށް އެ ތަކެތިލުމަށް ފަހު، އެ ތަކެއްޗަށްވާ ފައިސާ ނުދައްކައި ފިހާރައިން ނުކުންނަން އުޅުމުންނެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތުން ދައުވާއަށް ފުރަތަމަ އިއުތިރާފްވި ނަމަވެސް މައްސަލަ އަވަސް ނިޔާގެ ދަށުން ނިންމަން ވެގެން ބޭއްވި އަޑުއެހުމުގައި އޭނާ ދައުވާއަށް އިންކާރުކުރިއެވެ.

މި މައްސަލަ ސާބިތުވީ، އެ ވަގުތު ފިހާރައިގައި ތިބި ހަތަރު މީހުންގެ ހެކި ބަހުންނާއި އޭނާ ފުލުހުންނަށް ދިން އިއުތިރާފް ބަޔާނުންނެވެ. ދިފާއަށް އޭނާ އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެއެވެ.

މިހެންކަމުން ކުށް ސާބިތުވި ކަމަށް ނިންމައި ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ޖަލުގައި 16 ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު ތަންފީޒު ކުރާ ޖަލު ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!