ޓައިވާން މައްސަލައިގައި އެމެރިކާއާއި ޗައިނާ ހަނގުރާމައަކަށް ގޮސްފާނެތަ؟
ޓައިވާނާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޗައިނާއަށް އިންޒާރު ދެއްވިތާ ހަފްތާތަކެއް ފަހުން ބެއިޖިންއިން، ވަނީ ޓައިވާނުގެ މިނިވަންކަމަށް ކުރާ ކޮންމެ މަސައްކަތެއް ވެސް ފުނޑުފުނޑު ކޮށްލާނެ ކަމަށް ބުނެފައެވެ. ޗައިނާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ވޭ ފެންގޭ ވަނީ އެމެރިކާއިން ޓައިވާންގެ މިނިވަންކަމަށް ތާއީދުކުރާ ކަމަށާއި އަދި އެމެރިކާއިން ޗައިނާއަށް ޓައިވާނާ މެދު ވެފައިވާ ވައުދާ ހިލާފުވާ ކަމަށާއި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތް ބާނާ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު މިކަން ސާފުކޮށް ދަންނަވާލަން: ޗައިނާއިން ޓައިވާން ވަކިކުރަން މަސައްކަތްކޮށްފި ނަމަ އަޅުގަނޑުމެން ހަނގުރާމަ ކުރަން ފަސްނުޖެހޭނަން. އަޅުގަނޑުމެން ކޮންމެ އަގެއް ދީގެން ނަމަވެސް ހަނގުރާމަ ކުރާނަން އަދި އެންމެ ފަހާ=ު ވަގުތާ ޖެހެން ދެން ވެސް ހަނގުރާމަ ކުރާނަން. މިއީ ޗައިނާއަށް އޮތް ހަމައެކަނި ޗޮއިސް،" ސިންގަޕޫރުގައި ބޭއްވި އޭޝިއާގެ ސަލާމަތީ ސަމިޓެއް ކަމަށްވާ ޝަންގްރިއްލާ ޑައިލޮގްގައި އޭނާ ވިދާޅުވިއެވެ.
މީގެ ދެތިން ހަފްތާކުރިން ޗައިނާއިން ޓައިވާންގެ އެއާ ޑިފެންސް ޒޯންގެ ތެރެއިން ހަނގުރާމަ މަތީ ބޯޓުތައް އުދުއްސައިފައިވާ އިރު އެމެރިކާއިން ވަނީ ނޭވީ މަނަވަރުތައް ޓައިވާނާ ގާތަށް ފޮނުވައިފައެވެ. މިހާރު އޮތް ބިރަކީ ޗައިނާއިން ގަދަ ބާރުން ޓައިވާންއަށް އަރައި އެތަން ހިސޯރު ކޮށްފި ނަމަ ވަގުތުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރެވެ.
ޗައިނާއިން ޓައިވާނަށް އަރައި ކާމިޔާބު ހޯދުމުގެ އަސްކަރީ ގާބިލްކަން އެބައޮތްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ސަބަބަކީ ޓައިވާނުން ދަނީ ވައިގެ ދިފާއުގައްޔާއި ކަނޑުގެ ދިފާއު ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަ ކުރަމުންނެވެ. ހަމަގައިމު ވެސް ޓައިވާން ހިފުމަކީ ފަސޭހަކަމަށް ޗައިނާއަކަށް ނުވާނެއެވެ. ޗައިނާއިން ބުނަނީ، އެ ޤައުމުން ބޭނުން ވަނީ ސުލްހަވެރި ކަމާ އެކު، ޓައިވާނަކީ ޗައިނާގެ ބަޔަކަށް ހަދަން ކަމަށެވެ. ހަނގުރާމައެއް ފެށުނަސް ފެށޭނީ ޓައިވާނުން މިނިވަންކަން އިއުލާންކުރުމުންނެވެ.
ދެން އުފެދޭ ސުވާލަކީ ޗައިނާއިން ޓައިވާނަށް އަރައިފިނަމަ އެމެރިކާއިން ދިފާއުގައި ނިކުންނާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ގިނަ ބަޔަކު ބުނަނީ ނޫނެކޭ ކަމަށެވެ. ޓައިވާންގެ ދިފާއުގައި ހުންނަވާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވި ނަމަވެސް، ޗައިނާ ފަދަ ނިއުކުލިއަރ ބާރަކާ ދެކޮޅަށް އެމެރިކާއިން ތެދުވާނެ ކަމަށް މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ނުދެކެއެވެ.
ތި އެމެރިކާ ހަމަ ބިމައް ތިރިކޮށްލަދީ އޭރުން ދުނިޔެއަށް ހަމަޖެހުން ލިބޭނީ