ވިޔަފާރި

އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑުތަކެއް އުރީދޫ އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޝިއާ ޕެސިފިކް ސްޓީވީ އެވޯޑް 2022ގައި ފާހަގަކޮށްލެވޭ ގިނަ އެވޯޑުތަކެއް އުރީދޫ އަށް ލބިއްޖެ އެވެ.

Ads by STELCO

ސްޓީވީ އެވޯޑުގައި އުރީދޫ އަށް ލިބުނީ ކޯވިޑް19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ހިދުމަތާއި ދެމެހެއްޓެނިވި ހިންގުމަށް ލިބުނު ގޯލްޑް ސްޓީވީ އާއި އެމް ފައިސާ އާއި މޫލީ އަށް ލިބުނު ސިލްވާ ސްޓީވީ އާއި އެމް ފައިސާގެ ހިދުމަތްތަކަށް ލިބުނު ބްރޮންޒް ސްޓީވީ އެވެ.

އުރީދޫން މި ހޯދި ކާމިޔާބީ ފާހަގަކޮށް އެ ކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ ޑިޖިޓަލް ހިދުމަތްތަކާއި އިޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައުއަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ކުންފުނިން އިސްނެގުމާ އެކު ކުރަމުން އަންނަ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި ޕެންޑެމިކުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކާއި އެކު ވެސް ބުރަ މަސައްކަތްތަކެއްކޮށް އުރީދޫގެ ޓީމުން އީޖާދީ ހިދުމަތްތައް ތައާރަފުކޮށް، ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވާ ފަސޭހަ ގޮތްތައް ފަހި ކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫގެ ޓީމަށް މަރުހަބާ ވިދާޅުވެ، ކުރިއަރާފައިވާ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި އުރީދޫގެ ޓީމު ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ތެރޭގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އުރީދޫ އިން ވަނީ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރަން މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެކި ކަންކޮޅުތަކުގައި ނެޓްވޯކު އަދި ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމުގެ އިންވެސްޓުމެންޓުތަކެއްކޮށް ޓައާ ތްރީ ރެޑީ ޑޭޓާ ސެންޓަރެއް ވަނީ ގާއިމު ކޮށްފަ އެވެ.

ރާއްޖެ އާއި ސިންގަޕޫރާއި ޔޫރަޕު ގުޅުވައިދޭ ސަބްމެރިން ކޭބަލެއް އެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން މޯބައިލް އަދި ފިކްސް ބްރޯޑް ބްރޭންޑުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާޗާ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ އާއި އީޖާދީ ޕްރިޑަކްޓުތައް ތައާރަފުކުރުމާއި، ފެންވަރު ރަނގަޅު އިންޓަނެޓު ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

އުރީދޫގެ އަމާޒަކީ ރާއްޖެއަކީ ޑިޖިޓަލްކޮށް އެންމެ ގުޅުވައިދީ، ވިޔަފާރިތަކާއި އެހެނިހެން މަސައްކަތްތައް ކުރިއަރުވާ ލުއިފަސޭހަތައް ފޯރުކޮށްދޭނެ ޕްލެޓުފޯމުތަކެއް ގާއިމުކޮށްދިނުމުވެ. އަދި މިހާރު ވެސް ހިދުމަތް ދެމުން އަންނަ މޫލީ އާއި އެމްފައިސާ ފަދަ ޑިޖިޓަލް ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!