ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލެއަށް ކޮންމެ 15 މިނިޓަކުން ބަސް ދަތުރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޓީސީސީން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް)ގެ ނަމުގައި ފެށި ދަތުރުތަކާ އެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮންމެ 15 މިނިޓަކުން ބަސް ދަތުރުތައް ކުރަން ފަށައިފިއެވެ.

Ads by MWSC

އެ ކުންފުނިން އިތުރު 15 ބަސް ގެނެސް ހިދުމަތްތައް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މިއީ ބަހުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމުގެ ފެށުން ކަމުގައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެ ގެނައި 15 ބަސް އެ ކުންފުނީގެ ބަހުގެ ފްލީޓަށް އިތުރުކޮށް، އެ ބަސް ދަތުރުތަކުގެ ހިދުމަތް ރޭ ވަނީ ފަށައިފައެވެ.

ބަހުގެ ހިދުމަތް ދިނުމަށް އަލަށް ގެނައި ބަސްތަކާ އެކު މާލެ ސަރަހައްދުގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކުގެ އަދަދު ވަނީ 46އަށް އިތުރުވެފައެވެ. މީގެ ތެރޭގައި 23 ޑަބަލް ޑެކް ބަސް، ސިޓީ ބަސް، އަދި ކޯޗް ހިމެނެއެވެ.

އެމްޓީސީސީން ގެނައި އައު ބަސްތަކުން ތިން މަންޒިލަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ ދަތުރުތައް ކުރާނެއެވެ. އެއީ މާލޭގެ ވެސްޓް ޕާކް ސަރަހައްދުގެ ބަސް ޓާމިނަލަށާއި ކާނިވާ ސަރަހައްދު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއާ އެކު ކޮންމެ 10 މިނިޓަކާއި 15 މިނިޓެއްގެ ތެރޭގައި އެއިން ކޮންމެ ރޫޓަކަށް ވެސް ބަސް ދަތުރެއް ކުރެވޭނެއެވެ.

މާލެ ސަރަހައްދުގައި މިހާރު ބަހުގެ ހިދުމަތް ދޭ ހަ ރޫޓުގެ ބަދަލުގައި އަށް ރޫޓަށް ހިދުމަތް ފުޅާ ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އައު 15 ބަހާ އެކު މާލެ ސަރަހައްދުގައި އެ ކުންފުނިން ދުއްވާ ބަހުގެ އަދަދު 46އަށް ވަނީ އިތުރުވެފައެވެ.

  1. އަލީ

    މެއިންޓެނަސް ނުކުރެވޭކަން ފާހަގަކޮއްލަން…..