ޚަބަރު އިޖުތިމާޢީ

ޕެންޝަނާ ގުޅޭ މައްސަލަ ހައްލުކޮށްދިނުމަށް އެމްއެންޕީން ރައީސަށް ދަންނަވައިިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްއެންޕީގެ ލީޑާރޝިޕްގެ ބޭފުޅުން

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން, ޕެންޝަންގެ ހައްގުވެރިންނަށް އެންމެ އެދެވޭ ގޮތެއްގައި ލިބެމުން ނުދާތީ އެ ކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ދައުލަތުގެ ޕެންޝަން ސިޔާސަތު ތަރުތީބުކޮށް ދެއްވުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

ޕެންޝަނާ ބެހޭ ގާނޫނާ ގުޅޭ ގޮތުން އެމްއެންޕީން ކުރި ދިރާސާއަކުން ފާހަގަވި މައްސަލަތައް, މިދިޔަ މެއިމަހުގެ 18ވަނަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ ޕާޓީން ހުށަހެޅިއެވެ. އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޟް ހުށަހެޅުއްވި މި މައްސަލައަށް ބަހުސްކުރަން ނުފެންނަކަމަށް 19 މެންބަރަކު ވޯޓު ދެއްވުމުން މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލައިފައެވެ.

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ޕެންޝަން ސިޔާސަތު ތަރުތީބުކޮށް ދެއްވުމަށް އެދި ރައީސް ޞާލިހަށް މިއަދު ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.

މި މައްސަލައަކީ އެ ޕާޓީން އިސް ރަށްވެހިންގެ ޖަމްއިއްޔާއާ އެކު ބޭއްވި ބައްދަލުވުމުގައި އެ ފަރާތުގެ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކޮށްފައިވާ މައްސަލައެއްކަން ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާނެކަމަށް އެމްއެންޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ސަބަބަށް ޓަކައި ކަމާ ގުޅޭ މައުލޫމާތު އެއްކޮށް މަޖިލީހުގެ ތެރެއިން މި މައްސަލައަށް ހައްލެއް ހޯދޭތޯ އެ ޕާޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

''ދައުލަތަށް ޚިދުމަތް ކުރުމަށް ފަހު ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ޚިދުމަތުން އެއްފަރާތަށް ވަޑައިގެންނެވި ބޭފުޅުންނަށް އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ދިނުމަށް އޮތް ހުރަހަކީ އެކަމަށް ހިނގާނެ ބޮޑު ހޭދަކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވީ ނަމަވެސް އެއީ އަސްލެއްގެ މައްޗަށް ދެކެވޭ ވާހަކައެއްކަމަށް މި ޕާޓީއަށް ގަބޫލު ނުކުރެވެއެވެ.'' އެމްއެންޕީން ރައީސަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އިސް ރަށްވެހިންގެ ހިދުމަތްތަށް އަގު ވަޒަންކޮށް އިންސާފުވެރިކަމާ އެކީ ޕެންޝަން ލިބޭނެ ގޮތަކަށް ދައުލަތުގެ ޕެންޝަން ސިޔާސަތު ބައްޓަންކޮށް ދެއްވުމަށް އެމްއެންޕީން ވަނީ އެދިފައެވެ.

Ads by HDC
  1. ފަރީ

    މަބޭނުމެއްނޫން މަށަށް ލިބޭ ކުޑަ މުސާރަ ކޮޅުން ތިޔަ ޕެންސަނަކަށް ކަނޑާކަށް. ލިބޭ މުސާރަ އެއްކޮށް ބޭނުމީ. މިހާރުވެސް މިއުޅެނީ ލިބަޭ އެތިކޮޅުން ދެކޮޅުނުޖެހިގެން. ކޮންމެ އެއްޗަކަށްވިޔަސް މުސާރައިން ރުހުމުގަ.ކަނޑަންވާނީ އެމީހެއްގެ ރުހުމުގަ.

  2. ލަތީފާ

    މަބޭނުމެއްނޫން މަގޭ މުސާރައިން އެންމެ ރުފިޔާއެއްވެސް ކަނޑާކަށް. ތިޔައީ ވަޒީފާ އަދާކުރާމީހުންގެ ރުހުމުގަ ސަރުކާރުން ކުރާކަމެއްނޫން.