ޚަބަރު

އިސްރާއީލާއި އިންޑިއާއާ ތަފާތެއް ނެތް: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިސްރާއިލެކޭ އިންޑިއާއެކޭ މިއަދު ތަފާތެއް ނެތްކަމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ ޕީޕީއެމުމް "ނަބިއްޔާގެ ދިފާއު"ގެ ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ރަސޫލާއި އިިސްލާމް ދީނަށް ފުރައްސާކޮށްފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ، އެފަދަ ކަންކަމަކީ ރާއްޖެއާއި އިންޑިއާ ދެމެދު ކިތަންމެ ގާތް ގުޅުމެއް އޮތަސް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ ބަޔަކާ ދިވެހިން އަބަދު ވެސް ދެކޮޅު ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިންޑިއާއަކީ މިހާރު ތުއްތުކުދިންނަށް ކިޔައިދޭ ލަވަތަކާއި ފިލާވަޅުތަކުގައި ވެސް މުސްލިމުންނަށް ނަފުރަތު އުފެއްދުމަށް ބޮޑު އިސްކަމެއްދޭ ގައުމެއް ކަމަށާއި މުސްލިމުންނަށް އިތުބާރުނުކުރުމަށް ކިޔައިދޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެމީހުންގެ މުޅި ތީމުގައި މި އޮންނަނީ އިސްލާމުންނަށް އިތުބާރުނުކުރުމާއި، އިސްލާމުން ދާށޭ ޕާކިސްތާނަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މީހުން ބުނާ ގޮތްގޮތަށް އަމަލުނުކުރާ މީހުން މަރަން ވެސް އިންޑިއާ ގޮވާކަމަށެވެ. އަދި ފަލަސްތީން ވެސް ނިމިދިޔައީ އިސްރާއީލުގެ ފަރާތުން އެފަދަ ކަންކަން ކުރިމަތިވުމުންކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!