ދުނިޔެ

ޕާކިސްތާނުން އިސްރާއީލާ އެކު ގުޅުން ބާއްވައިފާނެކަމުގެ އިޝާރާތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުން އަބަދުވެސް ޢަމަލުކުރަން ޖެހޭނީ އަމިއްލަ ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ބުނެ، އިސްރާއީލާ އެކު ޚާރިޖީ ގުޅުން ބާއްވަން ޕާކިސްތާނުން މަސައްކަތް ކުރާކަމުގެ އިޝާރާތެއް މިހާރު ޕާކިސްތާނުގެ ސަރުކާރުގައި ހިމެނޭ ޕާޓީގެ މެންބަރަކު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ޙައްޤުގައި މަސައްކަތް ކުރަމުން އަންނަ ޤައުމެކެވެ. އިސްރާއީލަކީ ދައުލަތެއް ކަމަށް ބަލައިގަންނަން ޕާކިސްތާނުން އަބަދުވެސް ދެކޮޅު ހަދައެވެ.

އެމެރިކާއިން އިސްވެ އޮވެ، 2020ވަނަ އަހަރު އިސްރާއީލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ބަހްރެއިންއާ ޚާރިޖީ ގުޅުމުގެ ސިޔާސަތުގައި އެއްބަސްވުމާ ގުޅިގެން، އޭރު ޕާކިސްތާނުން ވަނީ، "ފަލަސްތީނުގެ މައްސަލަ އިންސާފުވެރި ހައްލެއް" ނުލިބެނީސް އިސްރާއީލަށް ބަލައިނުގަނެވޭނެ ކަމަށް ވަރަށް ސާފުކޮށް ބުނެފައެވެ. އޭރު ވެރިކަމުގައި ހުރީ އިމްރާން ޚާންއެވެ. އިމްރާން ޚާން ވެރިކަމުން ދުރުކުރީ އިތުބާރު ނެތް ކަމުގެ ވޯޓަކުން އޭޕްރީލް މަހުގައެވެ. އިމްރާން ޚާން ތުހުމަތު ކުރައްވާ ގޮތުގައި އޭނާ ވެރިކަމުން ބާލައިފައި ވަނީ އެމެރިކާއަށް ބޯނުލެބުމުގެ ސަބަބުން، އެމެރިކާގެ ނުފޫޒުންނެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑޯން ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސަރުކާރުގެ ކޯލިޝަންގެ ޕާޓީ ޕީޕީޕީގެ މަންދުވިވާލާ ވިދާޅުވީ "އެއްވެސް ގައުމަކާ އެކު ވިޔަފާރި ހުއްޓާލަން ނުޖެހޭނެ (ކަމަށާއި) އިސްރާއީލަށް މީހުން ފާޑުކިޔާ ކަމަށާއި ނަމަވެސް އަމިއްލަ މަސްލަހަތު ބަލަހައްޓަން ޖެހޭ" ކަމަށެވެ.

އޭނާ ވިދާޅުވީ މެދުއިރުމަތީގެ ހުރިހައި ގައުމުތަކުން އިސްރާއީލާ އެކު މަޝްވަރާކޮށް ވިޔަފާރި ކުރަމުންދާ ކަމަށާއި ޕާކިސްތާނުން ވެސް އަމިއްލަ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ.

"އިސްރާއީލާ އެކު އެއްބަސްވުމެއް ހެދުމަކީ ޕާކިސްތާނުގެ މަސްލަހަތަށް އޮތް ކަމެއްތޯ ނުވަތަ ނޫންތޯ ބާލަން ޖެހޭ" މަންދުވިވާލާ އިތުރަށް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!