ޚަބަރު

ދީނީ ޝިއާރުތަކާ އެކު ގަލޮޅު ދަނޑަށް ވަދެ، ޔޯގާ ޑޭ ހަރަކާތް ހުއްޓުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: ރާއްޖެ ޓީވީ

ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ގެންދަނިކޮށް ބަޔަކު އެ ތަނަށް ވަދެ، އެ ހަރަކާތް ހުއްޓުވައިފިއެވެ.

Ads by MWSC

މިއަދު ހެނދުނު 6:30ގައި ބޭއްވުމަށް ތާވަލްކޮށްފައިވާ ހަރަކާތްތައް ހުރަސް އަޅައިފައިވާ އިރު، މި ހަރަކާތް ބޭއްވުމަށް ރަސްފަންނު ސަރަހައްދު ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ. އެހެންކަމުން ފަހު ވަގުތު މި ހަރަކާތް ބާއްވައިފައި ވަނީ ގަލޮޅު ދަނޑުގައެވެ.

މިއަދު ފަތިސް ނަމާދަށް ފަހު އެ ދަނޑުގެ އޮލިމްޕަސް ގޭޓު ކައިރިއަށް ބަޔަކު އެއްވެ ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އެ މީހުން އަތުގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތައް ހުއްޓެވެ. އަދި މި ހަރަކާތް ފެށުމަށް ޔޫތު މިނިސްޓަރު މަޙްލޫފް ވާހަކަފުޅު ދައްކަވަން ފެއްޓެވި އިރަށް، ބޭރުގައި މުޒާހަރާ ކުރަމުން ދިޔަ ފަރާތްތައް ދަނޑަށް އަރައިގަނެ، އަޑުގަދަ ކޮށް، ތަނުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ. އަދި އެތަނުގައި ތިބި ފަރާތްތަކަށް އެތަން ދޫކޮށް ދިއުމަށް ވަނީ އިންޒާރުދީފައެވެ.

މުޒާހަރާ ކުރަމުން ދިޔަ ބައިވެރިން ދަނޑުތެރެއަށް ވަތްއިރު، އިންޑިއާގެ ހައިކޮމިޝަނަރާއި އދ.އިން ރާއްޖެއަށް ކަނޑައަޅައިފައި ތިބޭ ބައެއް އެމްބެސެޑަރުން ވެސް ތިއްބެވެ. އޭރު އެތަނުގެ ސެކިއުރިޓީއަށް ތިބީ ހައެއްކަ ފުލުހުންނެވެ. މުޒާހަރާ ކުރަމުން ދިޔަ ފަރާތްތައް އެތަނުން ބޭރު ކުރީ އިތުރު ފުލުހުން އައިސް ޕެޕަރ ސްޕްރޭ ވެސް ޖަހައިގެންނެވެ.

މި އެއްވުމުގައި ދީނީ އިލްމުވެރިންނާއި މީގެ ކުރިން އިންޑިއާ އައުޓް މުޒާރާތަކުން ފެންނަ ބައެެއް ސިޔާސީ މީހުން ވެސް ފެނިފައިވެއެވެ.

2015ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ރާއްޖޭގައި ދަނީ ޔޯގާ ދުވަސް ފާހަގަ ކުރަމުންނެވެ. ނަމަވެސް މިއީ މިކަމާ ގުޅިގެން ހަމަނުޖެހުމެއް ހިނގި ފުރަތަމަ ފަހަރެވެ. 2014ވަނަ އަަހަރު، ޔޯގާ ދުވަސް ފާހަގަކުރަން އދ.އަށް ހުށަހެޅި ގަރާރު ކޯ-ސްޕޮންސާ ކުރި ޤަައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެއެވެ.

Ads by Ooredoo
  1. ޢަހަންމާ

    ﷲ އަކްބަރު

  2. ނުޖެހޭ ޔޯގާ ދުވަހެއް ފާހަގަ ކުރާކަށް… އެ ދެއްކި ހިއްވަރަށް ސާބަސް އައްލާހު އަކުބަރް

  3. މުންކަރާތް ކުރާ މީހުން ގެ އަދަދު ގިނަ ވުމަކުން އެ ހުއްދަ ކަމެއް ކަމުގައި ނުވާނެއެވެ