ޚަބަރު

ޔޯގާ ހުއްޓުވަން ދަނޑަށް ވަތް 6 މީހަކު ހައްޔަރަށް، ސީރިޔަސް މައްސަލައެއްގެގޮތުގައި ބަލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ: މީސްމީޑިއާ

ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ގެންދަނިކޮށް އެތަނަށް ވަތް މީހުންގެ ތެރެއިން ހަ މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ހެނދުނު ގަލޮޅު ދަނޑުގައ ކުރިޔަށް ދިޔަ އިވެންޓަށް ހުރަސް އަޅައިފައި ވަނީ ޝަހާދަތުގެ ދެކަލިމަ ބެނާ ތަކެއްގައި ލިޔެގެން އުޅުނު ބަޔެކެވެ. އެ މީހުން ވަނީ ދަނޑުގެ ތެރެއަށް ވަދެގަނެ، އެތަނުގައި ތިބި މީހުންނަށް އިންޒާރު ދީ ތަކެއްޗަށް ގެއްލުން ދީފައެވެ.

ޔޫތު މިނިސްޓަރު މަޙްލޫފް ވިދާޅުވީ، އެތަނަށް ވަތް މީހުން، ޔޯގާ ހަދަން ތިބި މީހުންގެ ގައިގައި ކޮޅުފައިން ވެސް ޖަހައިފައިވާ ކަމަށެވެ. އަދި ޑިޕްލޮމެޓުންނާއި ހަރުއުމުރުގެ މީހުންގެ ގަޔަށް ފެންފުޅި އުކައިފަައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ފަތިސް ވަގުތުން ފެށިގެން އޮލިންޕަސް ކައިރީ ބަޔަކު ނުރުހުން ފާޅު ކުރަމުން ދިޔަ ނަމަވެސް އެ ސަރަހައްދުގައި މާ ގިނަ ފުލުހުން ހަރަކާތްތެރިވެފައެއް ނުވެއެވެ. ދަނޑުން މީހުން ދުރަށް ޖެއްސުނީ އިތުރު ފުލުހުންގެނެސް، ކަރުނަ ގޭސް ޖަހައިގެން 40ވަރަކަށް މިނެޓް ފަހުންނެވެ.

Ads by Allied Insurance
  1. ކައިދާ

    ސާބަސް ތިޔަކަން ކުރި ބަޔަކަށް . މަޚުލޫފަކީ އޭނާގެ ފަރާތުން ފެންނަ ކަންތައްތަކަށް ބަލާ އިރު ފައްކާ ލާދީނީ މީހެއް.

  2. ނާޅި

    ބަލަންވީ އިއްޒައްތެރި ވަޒީރު ހުވަޔާއި ހިލާފް ވާންޖެހޭތޯ އިސްލާމް ދީނަ ހުރުމަތްތެރިކޮށް ހިތަން ހިނިސްޓާރ ހުވާކުރި ނުންތޯ ؟ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތަން ހުވައިކޮށްގެން ތިބި މީހުން ދީނަށް ހުރުމަތްތެރިކޮށް ހިތާ ވަރުބަލަންވީ !

  3. ސީރިޔަސް ކޮށް ބަލަންވީ މިޤައުމުގައި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތަން ހުވައި ކޮށްގެން ތިބި މީހުން ދީނަށް ހުރުމަތްތެރިކޮށް ހިތާތޯ ؟ މުންކަރާތް މަނާކުރި މީހުންގެ ކުށަކީ ކޮބައިތޯ ؟