ޚަބަރު

ވައްޑެގެ ސުވާލެއް: ޔޯގާ ހަރަކާތް ހުއްޓުވުމަށް ރާވަމުން ދިޔައިރު ހަމަ ނޭނގެނީތޯ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ:މީސްމީޑިއާ

ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަމުން އަންނަ ޔޯގާ ދުވަސް ފާހަގަ ކުރުމަށް މިއަދު ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ އިވެންޓް ހުއްޓުވުމަށް ބަޔަކު ރާވަމުން ދިޔަކަން ނޭނގެނީތޯ ވިދާޅުވެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ކުރިއަށް ގެންދަނިކޮށް ބަޔަކު އެ ތަނަށް ވަދެ، ހަމަނުޖެހުން ހިންގާ އެ ހަރަކާތް ވަނީ ހުއްޓުވައިފައެވެ.

އެ ހަރަކާތް ހުއްޓުވި މީހުން ތިބީ ހުދު ކުލައިގެ ފޮތިތަކެއްގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެގެންނެވެ.

ފަތިސް ވަގުތުން ފެށިގެން އޮލިންޕަސް ކައިރީ ބަޔަކު ނުރުހުން ފާޅު ކުރަމުން ދިޔަ ނަމަވެސް އެ ސަރަހައްދުގައި މާ ގިނަ ފުލުހުން ހަރަކާތްތެރިވެފައެއް ނުވެއެވެ. ދަނޑުން މީހުން ދުރަށް ޖެއްސުނީ އިތުރު ފުލުހުންގެނެސް، ކަރުނަ ގޭސް ޖަހައިގެން 40ވަރަކަށް މިނެޓް ފަހުންނެވެ.

މިކަމާ ގުޅިގެން ވައްޑެ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ގަލޮޅު ދަނޑަށް މީހުން ވަދެގަތް ވީޑިއޯ ހިއްސާ ކުރައްވަމުން މިވަރުގެ ކަމެއް ހިނގަން ދޫކޮށްލީތޯ ވައްޑެ ސުވާލު ކުރެއްވިއެވެ.

"މިވަރު ބޮޑުކަމެއް ވާން ދޫކޮށްލީތޯ، ނުވަތަ މިހާ ބޮޑުކަމެއް ރާވަމުންދިޔަކަން ހަމަ ނޭނގި އޮތީތޯ ނުވަތަ އެނގިހުރެމެ ހުއްޓުވުމުގެ ޤާބިލްކަން ނެތީތޯ ސުވާލު އުފެދޭ." ވައްޑެ ވިދާޅުވިއެވެ.

މި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. މުޒާހަރާގެ ތެރެއިން ހަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

  1. އަހުމަދު

    މާލޭގެ ސިޓީ ކައުންސިލުން ގޮތެއް ނިންމީމަ ދެން މާލޭގެ އެއްވެސް ތަނެއްގައިި އެކަން ބޭއްވޭނެ ގޮތެއް އޮވެގެން ނުވާނެ. ދުނިޔޭގައި ސިޓީ ކައުންސިލް ހުންނަ ކޮންމެ ގައުމެއްގެ އެ ސިޓީތަކުގައި މިބާވަތުގެ އަމުރުމައުރޫފު ހިންގާނީ އެތަނެއްގެ ކައުންސިލުން.
    ނިއުޔޯކުގައި ޕަބްލިކް ސްޕޭސްއެއްގައި މުޅި ޕަބްލިކަށް ނިސްބަތްކޮށް ކުރާ ކަމެއްގެ ހުއްދަ ނިއުޔޯކްސިޓީ ކައުންސިލުން ނުދޭން ނިންމީމަ ވައިޓްހައުސް އިން ނޫނީ ސްޓޭޓް ޑިޕާރޓްމަންޓުން އިތުރު ގޮތްހަދާ ނޫނީ ހޯމްލޭންޑް ސެކިއުރިޓީންނާއި ޕެންޓެގަނުން އެކަމަކާ ބެހިނަހަދާނެ.
    މިއޮތީވާ ނިޒާމެއް ހަދައިގެން އުޅޭ ގައުމެއް. މިދެން މިހާރު ޖޯކެއް.

  2. މަރުތަބާން

    ތިވަރުގެ މާތްކަމެއް ކުރަން މިސްކިތްތަކަށް އެރިނަމަ ރަނގަޅުވީހެއްނޫންތަ؟
    މިހަަރުވެސް ދަރަނބޫދޫގެ މިސްކިތެއް އެހުރީ ބުއްދާއަށް އަޅުކަންކުރާ ބަޔަކަށް ދީފަވިއްޔަ، އިސްލާމީ ގައުމުތަކުން ޔޯގާއަކީ ހިންދޫންގެ އަޅުކަމެއްކަން އަންގާ ޔޯގާ ނުހަދަން ބުނާއިރުވެސް ސައްތައިންސައްތަ އަޅުގަނޑުމެންގެ މި ގައުމުގާ އިސްލާމްދީނާ ޚިލާފު މިބާވަތުގެ ކަންތައް ހަމަ ގަދަފައވިއްދާފަ ކުރަން ެބަބަބަބަބަބަބ އެބަ ކުރަން ޖެހޭތ ރައީސް ިބުރާހިމޫ މަޚުލޮޮފޫ؟
    އިންޑިއާއިން ވެރިކަން ހޯދާދިނަސް ސައްތައިން ސައްތަ މި ލޮބުވެތި ގައުމުގާ ނުޖެހޭ އިންޑިއާގެ އަލުކަން ކުރުމާ އިންޑިއާގެ އަގީދާ ފަތުރާކަށް، އެކަންކަން ކުރަން ބޭނުމިއްޔާ މިގައުން ފައިގެން އިނޑިއާއަށް މި މަކާރުންގެ ސަރުކާރު ދޭބަލަ، އެއިރުން އެމީހުން ބޯހާއެއްޗަކާ ކުރާހާ ކަމެއް ކުރެވިދާނެ.

  3. ޢާދްނުބެ

    ކާފަރުން ބޭނުންވާ ދުވަހެތް ވިއްޔާ އެމީހުން ދީނީ ކަމަކަސް ކުރެވޭ މުސްލިމުން ދުވަހެތް ފާހަގަ ކުރީމަ މުވަނީ ޓެރަރިސްޓު ކަންކަމަށް ހިއްވަރުދޭ ކަންކަމަށް ކޮންވައްތަރު އިންސާފު ހުންނަނީ