ޚަބަރު

ޒުވާނުން ދަނޑަށް ވަދެގަތީ ހަރަކާތް ހުއްޓައިލިފަހުން، ހުއްޓުވުމަށް ފުލުހުން މާ ބޮޑު މަސައްކަތެއް ނުކުރޭ: ޝައިޚް ނިޝާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލް އަޤްވާމީ ޔޯގާ ދުވަހާ ގުޅިގެން އިއްޔެ ބާއްވަން އުޅުނު ޔޯގާ އިވެންޓް ހުއްޓުވަން ޒުވާނުން ދަނޑަށް ވަދެގަތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަރަކާތް ނިންމައިލިކަން އިއުލާނުކުރި ފަހުން ކަމަށް އެ ހަރަކާތުގައި ބައިވެރިވި ޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެެ.

Ads by STELCO

އިއްޔެ ބޭއްވި އިވެންޓަކީ ޖަމިއްޔަތުއްސަލަފް އިން ބޭއްވި އިވެންޓެއް ކަމަށްބުނެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝައިހް ނިޝާން ވިދާޅުވީ ހިންދީ ދީނުގެ ޔޯގާ އިވެންޓާ ދެކޮޅަށް އަޑު އުފުލުމަށް ދާން ނިންމުމުން އެކަން އެނގިގެން އެ ކަމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށާއި ޝަރުއީ ހަމަތަކާއި އުޞޫލުތަކުގެ ބޭރުން ހަމަނުޖެހުން ހިންގައި ގޯހެއް ހަދާފާނެ ކަމަށް ބުނެ އެންމެ ފުރަތަމަ ނަޞޭޙަތްތެރިވީ ޢިލްމުވެރިންގެ ތެރޭގައި ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިން ހިމެނޭ ކަމަށެވެ.

"އެޔާ އެކު ވެސް އެ ހަރަކާތާއި ދެކޮޅަށް އަޑު އުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ މި ޝިރުކުގެ ނުބައިކަމާއި ބޮޑުކަމުން" އިވެންޓް ކުރިޔަށް ގެންދިޔަ ސަބަބު ހާމަކުރަމުން ޝައިޚް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭކެކެމުން ދިޔަ އިރުޝާދާއި ހިލާފުވާން ފެށުމުން ނަސޭނަތްތެރިވެ އެމީހުންގެ ތެރެޔަށް ވަދެ ކޮންޓްރޯލްކޮށް ފަހަތަށް ޖައްސަން އެތައް މަސައްކަތެއް ކޮށްފައިވާނެ ކަމަށާއި އެ ޒުވާނުން އެބަސް ގަބޫލުނުކޮށް ދަނޑަށް ވަންނަން ދިމާ ކުރުމުން އިވެންޓް ހުއްޓައިލި ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެ ޒުވާނުން އެބަސް ގަބޫލުނުކޮށް ދަނޑަށް ވަންނަން ދިމާ ކުރުމުން އަޅުގަނޑުމެންވާނީ ވަގުތުން މި ހަރަކާތް ނިންމައިލިކަމަށް އިއުލާނުކޮށް އެތަން ދޫކޮށް ގޮސްފައި. ކޮންމެއަކަސް އެވަގުތު އަޅުގަނޑަށް ފާހަގަ ކުރެވުނީ އެމީހުން ހުއްޓުވުމަށް ފުލުހުން ވެސް މާބޮޑު މަސައްކަތްތަކެއް ނުކުރާކަން" ޝައިޚް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހަސަންބެ

    ވަސްވާސްދޭ، ދެދުަވަހު ދެގޮތަށް ދީނުގެ ކަންަން ބަދަލުުރާ ނުލަފާ ޢިލްމުވެރިންކަމަށް ބުނާ ޓެރެރިސްޓް ޖަމާޢަތަުކުން ޒުވާނުން ތަކެއްގެ ބޮލަށް މިކަންވެސް ޖަހާފައި ފިލީދޯ!

    • ޖައްލޭ

      ކަލޭ ތެދުމަގުގަ ހުރީތީތަ ޝިރުކަށް ތިޔަ ތާއީދު ކުރަނީ؟

    • އަލީ

      ބްރޯ ކަލޭގެ ކޮމެންޓް ކިޔާފަ ކަލޭތީ އެމްޑީޕީގެ މެޖޯރިޓީ ލާދީނިއްޔަތުގެ ފިކުރަށް ތަބާވެ ދީނާމެދު ވަރަށް ޖާހިލު މީހެއްކަން ޔަގީން ވެއްޖެ،،

  2. ޢަލީ

    މައްސަލަޔަކީ ފުހުންނާއި ސަރުކާރުން އެކަން ހުއްޓްވަން ކުރި މަސައްކަތް ބަލައި ނުގަނެ އެސިކު ކުރިއަރުވަން ކުރި މަސައްކަތް