ޚަބަރު

ޔޯގާ ހަމަނުޖެހުން: 4 މީހުންގެ ބަންދަށް 60 ދުވަސް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލަގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު އިތުރުކޮށްފިއެވެ.

Ads by STELCO

ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ދިވެހި 6 ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ކޯޓުން ވަނީ 60 ދުވަސް ދީފައެވެ. އަދި ދެމީހެއްގެ ބަންދަށް ވަނީ 5 ދުވަސް ދީފައެވެ.

ފަސްދޮޅަށް ދުވަސް ނުވަތަ ދެމަސްދުވަހުގެ މުއްދަތަށް ބަންދުކުރި ހަތަރު މީހުންނަކީ މުހައްމަދު ނަދީމް, ވީނަސް ކ.ތުލުސްދޫ، މުހައްމަދު މައުސޫމް, ހެޕީސައިޑް ތ.މަޑިފުށި, މުހައްމަދު ޙުސައިން, ގްރީން ހައުސް ހއ. ތުރާކުނު އަދި އަމީން އަޙްމަދު, ލިލީ ޕާކް ގދ. ރަތަފަންދޫއެވެ.

އެމީހުންގެ އިތުރުން ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ދެމީހުންނަކީ ޝާމީ ރަޝާދު އިދްރީސް, ދަފްތަރު ނަންބަރު 1105, އަދި މުހައްމަދު ޒިލްޔާން, މއ.ކަނުހުރާއެވެ.

އިއްޔެ ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

މިހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެގޮތުގައި ތަހުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފައެވެ. އަދި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހިންގި އަމަލު ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށް އެ އަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއް ވަނީ އެކުލަވައިލައްވައިފައެވެ.

Ads by Ooredoo
  1. ޔާމިން

    ސާބަސްތިމީހުންއަދި60ދުވަސްޖަހަންވާނީ މީމަގޭހިޔާލް

  2. އައްޔު

    މިނިސްޓަރުންނަށް ތިބީ ޤާޟީން ތަކެއްތޯ. ތަޙުގީގުކޮށް ފިޔަވަޅު އަޅަން ބުނެފަ އޮތީމަ

  3. މައިންބަފައިންނާއި ކުޑަ ކުދިން ކުރިމަތީ މަސްތުވާތަކެތި ބޭނުން ކުރާ އިރު އެ ނުވޭ ސީރިއަސް ކަމަކަށް. ފުލުހުންނަށް ގުޅިމަ ބުނަނީ ކަލޭމެން ކޯޓުޓުޓުޓު ާމުރުރުރުރުރުރުރުރު