ޚަބަރު

އަދީބުގެ އެމް.ޓީ.ޑީ އުވައިނެލާނެކަން އަންގައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީ އުވައިނުލާނެކަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އަންގައިފިއެވެ.

Ads by STELCO

3000 މެމްބަރުން ހަމަ ނުވާތީ އުވައިލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގި ހަތަރު ޕާޓީގެ ތެރޭގައި އެމް.ޓީ.ޑީ ވެސް ހިމެނެއެވެ. އީސީން އޭރު ވަނީ އެ ޕާޓީތަކަށް މެމްބަރުން ހަމަ ކުރުމަށް މުއްދަތެއް ދީފައެވެ.

އެ މުއްދަތުގެ ތެރޭގައި އެމްޓީޑީން 3000 މެމްބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ހުށައަޅައިފައި ވާތީ އެ ޕާޓީއަށް އީސީން ވަނީ އެކަމުގެ ރަސްމީ ލިޔުން މިއަދު ހަވާލުކޮށްފައެެވެ.

  1. ށަހަރޯ

    ހެޔޮނުވާނެ ތާކުން ތާކު ޖެހޭ ވާހަކައެއް ކިޔާބަލަ