ކުޑަ ކުދިންނަށް ކޮވިޑް ބޫސްޓަރ ޖަހައި، މުސްކުޅިންނަށް ހަތަރުވަނަ ޑޯޒެއް ދެނީ

ކޮވިޑް-19އިން ރައްކާތެރިވުމަށް އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުން ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައިފިއެވެ.
މިކަން އާއްމުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ނެރުނު އިޢުލާންގައި ވިދާޅުވީ ކޮވިޑް ވެކްސިން ތިންވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް ހަތަރުވަނަ ވަނަ ޑޯޒް ޖަހަން ނިންމައިފައިވާ ކަމަށެވެ. ހަތަރުވަނަ ޑޯޒެއްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިނެވެ.
މިޑޯޒް ޖަހާނީ މީގެ ތެރެއިން ކޮވިޑްގެ ފުރަތަމަ ބޫސްޓާ ނުވަތަ ތިންވަނަ ޑޯޒް ޖެހިފަހުން ހަތަރު މަސް ދުވަސްވެފައިވާ މީހުންނެވެ
މީގެ އިތުރުން އެޗްޕީއޭން ވަނީ 12 އަހަރާއި 17އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ދޭން ފެށުމަށް ވެސް ނިންމައިފައެވެ. އެއީ17-12އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ހަމަވެފައިވާ ކުދިންނެވެ.
އެޗްޕީއޭއިން ވިދާޅުވީ 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރެވި ހުރިފަރާތްތަކަށް ވެސް ވެކްސިން ސެންޓަރ ތަކުން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.