މިއަދު އިތުރު 153 މީހަކު ކޮވިޑަށް ފައްސިވެއްޖެ

މިއަދު އިތުރު 153 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކަޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 153 މީހުންގެ ތެރޭގައި ހިމެނެނީ 116 ދިވެހިންނާއި، ބަންގްލަދޭޝްގެ 22 މީހަކާއި، އިންޑިއާގެ 11 މީހަކާއި މިސްރު މީހަކާއި، ޔޫކޭ މީހަކާއި ކެންޔާ މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4446 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1719 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.